ދުވާފަރު ދާއިރާގެ ތަރައްޤީއާއި ގުޅޭގޮތުން ޔޫތު މިނިސްޓަރާއި ބައްދަލުކޮށްފި

މެންބަރު އިސްމާޢީލް އަޙުމަދު ވިދާޅުވީ، ދުވާފަރު ޒުވާނުންނާއި  ގުޅުންހުރި މުހިއްމު ވަސީލަތްތަކެއް ޤާއިމް ކުރުމަށް އިސްކަންދޭންވީ މުހިއްމު ކަންތައްތަކާއި ގުޅޭގޮތުން މިބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި އެކަންކަން ތަރުތީބު ކުރެވިގެން ދިޔަ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.  މެންބަރު އިސްމާޢީލް އަޙުމަދު އިތުރަށް ވިދާޅުވެފައިވަނީ، މި ބައްދަލުވުމަކީ، ޒުވާނުން ހިތް އެދޭ އަމާޒަށް ވާޞިލް ވެވޭނެކަން ކަށަވަރުވި، އުއްމީދީ ބައްދަލުވުމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ