މިވަގުތަށް ސަރުކާރު ސަރުކާރު ސަލާމަތްވެއްޖެ: ޝަރީފު

މިވަގުތަށް ސަރުކާރު އޮތީ ސަލާމަތުން ކަމުގައި ރައްޔިތުން މަޖިލިހުގެ މަރަދޫ ދާއިރާ މެންބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެއެވެ. ޝަރީފު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުން މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައި ސަރުކާރުގެ އެންމެ ނުފޫޒުގަދަ އެއް ވަޒީރު ކަމުގައިވާ އިޤުތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަންގަވަން މަސައްކަތްކުރައްވާ ދަނޑިވަޅެއްގައެވެ. ޝަރީފަކީ ފާޅުގައި ފައްޔާޒުގެ ދިފާޢުގައި ވާހަކަފުޅުދެއްކެވި މެންބަރެކެވެ. އަދި އޭގެ އިތުރަށް މަޖިލިހުގައި މަޖިލިހުގެ ކަންކަން ނަޝީދު ގެންދަވާ ގޮތާމެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެން ނަޝީދަށް ފާޑުވިދާޅުވާވެސް މެންބަރެކެވެ.I am confident that the government is safe for now. However, we need to bring the divisions n tussle in our party to an end n start working together to support the government in its efforts to rivive the economy.— Ibrahim Shareef (@AdduShareef) August 15, 2020 ޝަރީފު މިފަދައިން ޓުވީޓުކުރެއްވުމުގެ ކުރިން ވިދާޅުވެފައިވަނީ މިވަގުތު އެމްޑީޕީއަށް ކުރިމަތިވެފައިވާ ކާރިސާއަކީ އެޕާޓީގެ ތާރީޚުގައިވެސް ކުރިމަތިވި އެންމެ ބޮޑު ކާރިސާ ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް މިކާރިސާ ހައްލުކުރަން ޖެހޭ ކަމުގައިވެސް ޝަރީފު ޓުވީޓުކުރެއްވިއެވެ. އަދި ޤައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި މައްސަލަތަކާ ކުރިމަތިލުމުގައި މުޅި ޕާޓީ އެކީގައި މަސައްކަތްކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޝަރީފު އިތުރަށް ވިދާޅުވީ މިވަގުތަށް ސަރުކާރު އޮތީ ރައްކާތެރިކަމާއެކު ސަލާމަތުން ކަމުގައެވެ. ނަމަވެސް ޕާޓީތެރޭގައި އުފެދިފައިވާ ދެބަސްވުންތަކާއި ބައިބައިވުންތައް ނިމުމަކަށް ގެންނަން ޖެހޭ ކަމުގައިވެސް ޝަރީފު ވިދާޅުވިއެވެ. ޕާޓީގެ އެތެރޭގެ ކޯޅުންތައް ނިމުމަކަށް ގެނައުމަށްފަހު އެންމެންވެސް ސަރުކާރުން އިޤުތިޞާދު އަލުން ދިރުވުމަށް ކުރަމުން ގެންދާ މަސައްކަތުގައި މަދަދުވެރިވެ އެހީތެރިވާންޖެހޭ ކަމަށްވެސް ޝަރީފު ވިދާޅުވެފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުމަށް ނަޝީދާއެކު ސޮއިކުރައްވާފައިވަނީ 27 މެންބަރުންނެވެ. އެއިން ބައެއް މެންބަރުން ސޮއި އަނބުރާ ގެންދަވަން އުޅުއްވާ ކަމުގެ މައުލޫމާތުވެސް ލިބިފައިވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ