ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފްގެ މައްސަލައެއް ބަލަން ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.ޖޭއެސްސީ އިން މިރޭ އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ ގާޒީ ބާރީ ވިޔަފާރި ކުރުމުގައި އަމަލީ ގޮތުން ބައިވެރިވުމާއި އެ ވިޔަފާރިން މަންފާލިބި އެކަން މާލީ ބަޔާނުގައި ހާމަކޮށްފައި ނުވާކަމުގެ މައްސަލައެއް 8 ޖުލައި 2020 ގައި ބޭއްވުނު ކޮމިޝަނުގެ ބައްދަލުވުމުގައި ވަނީ ނިންމަވާފައިކަމަށެވެ.ގާޒީ ބާރީ އަކީ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމް އިއްވި އިރު ކްރިމިނަލް ކޯޓުގެ ބެންޗުގައި ހުންނެވި ބޭފުޅެކެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
100 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ގާޒީ ބާރީގެ މައްސަލައެއް ބަލަން ޖޭއެސްސީ އިން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ