ހައްތަހާވެސް ރީތި ރަށް! އެންމެ ދާ ހިތްވަނީ ކޮންރަށަކަށް؟

މި ޖަޒީރާވަންތަ ދިވެހިރާއްޖޭގެ ރަށްތައް އެމުނިލާފައި ހުންނައިރު ހީވަނީ މުތްތަކެއް ހެންއެވެ. ބޮޅު ފައްޗަކަށް ރަށްތައް އެތުރިލާފައި ހުންނަ އިރު ނަލަ ފެހި ރުއްތަކުން ރަށްތައް އޮންނަނީ ފުރާލައިފައެވެ. ގަސްތަކުން ލިބޭ ސާފު ފިނި ވަޔާއެކު އިތުރަށް ރަށްތައް ތާޒާކޮށްދެއެވެ. ރީތި ގޮނޑުދޮށްތަކާއި ބިއްލޫރިފަދަ މޫދުތައް ފެނި އާޝޯހު ކުރުވައެވެ.
ށ. ނަަލަންދޫ
ރާއްޖޭގެ އުތުރުން ށ. އަތޮޅުގައި އޮންނަ ނަލަންދޫ އަކީ ގުދުރަތީ ރީތިކަމާއި ހާއްސަ ސިފަތަކެއް ލިބިފައިވާ ރާއްޖޭގެ މަދު ރަށަކަށް ނޫނީ ލިބިފައިނުވާ ރީތިކަމެއްގެ ވެރި އިންތިހާ ޗާލު ރަށެކެވެ. ނޫވިލު ކަނޑެއް އޮންނައިރު ގުޅިފައިވާ ރަށެއްގެ ގޮތުގައި ސިފަވެގެންދާ ނަލަންދޫއަކީ ހިތްގައިމު ގޮނޑުދޮށެއް ލިބިފައިވާ ރީތި ރަށެކެވެ. މިއީ ށ. އަތޮޅުގެ ވަރަށް ގިނަ ރަށްރަށުން "ޕިކްނިކް" ހަދާލަން ދާ ރަށެކެވެ. މިރަށުގައި މިހާރު އާންމުކޮށް ކުރާ ކަމަކީ ހުއިފިލަނޑާ ނެގުމާއި ވިއްކުމެވެ.
Articl Inline Image
ރ. ފުއްގިރި
ރާއްޖޭގެ އުތުރުން އޮންނަ ކުޑަ ފަޅުރަށެއް ކަމަށްވާ ފުއްގިރި އަކީ ނިކަން ޗާލު މޫދެއް އޮންނަ ހިތް ގައިމު ރަށެކެވެ. މިރަށަކީ ޕިކްނިކް އައިލެންޑެކެވެ. ރީތި ނޫކުލައިގެ މޫދު ފެނި މޫދަށް ނޭރެން ހުންނަ މީހާއަށްވެސް ގޮސް އެރެވެއެވެ. ކުޑަ ކުޑަ މި ހިތްގައިމު ރަށުގައި ވަލަށްވުރެ ބޮޑީ މޫދު ސަރަހައްދެވެ. ދެފަރާތުން ރާޅު ވިހުރިލާ އޮންނަ ހިތްގައިމު މޫދުގެ ތާޒާކަމުން ގުދުރަތުގެ ހިތްގައިމުކަން ހިތަށް ތަސައްވަރުވެގެންދެއެވެ.
Articl Inline Image
ރ. ވާދޫ
ރ. އަތޮޅު ވާދޫ އަކީ މީހުން ދިރިއުޅޭ ހިތްގައިމު ރަށެކެވެ. މީހުން ދިރިއުޅޭ ހިސާބާ ދުރުގަ އޮންނަ ނަލަނަލަ މޫދު ފެނި މީހުން އަންތަރީސް ކޮށްލައެވެ. އެ ނޫފެހި ރީތި މޫދަށް ކޯމަސްތައް އައިން ހަދާލާފައި އަންނައިރު ވަރަށް ހިތްގައިމެވެ. ރ. އަތޮޅުގެ ވާދޫ ކައިރީގައި އޮންނަ މީހުން އުޅޭ ރަށްތަކުން މިރަށަށް ޕިކްނިކް ހަދާލަން ދާކަމަށް ވެއެވެ. މިރަށުގެ ހާއްސަކަމަކީ ރެދަން މޫސުމުގައި ގަދައަށް ދިއްލޭ ރެދަނެވެ.
Articl Inline Image
ރާއްޖޭގެ ހުރިހާ ރަށަކީވެސް ގުދުރަތީ އަޖާއިބުކުރުވެނި ރަށްތަކެވެ. މިއިން ކޮންމެ ރަށަކަށް ދާން ހިތަށް އަރުވާލިއަސް ނުގޮސް ނުހުރެވޭހާ ރީތި ފުރިހަމަ ކަމެއް ކޮންމެ ރަށެއްގައިވެސް ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ