ތިނަދޫ ގާޒީ ދޫކޮށްލި މައްސަލަ ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބަލަނީ

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރުމަށްފަހު ކޯޓު އަމުރެއްގެ ދަށުން ދޫކޮށްލި ގދ ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދުގެ އިސްތިއުނާފް މައްސަލަ ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބަލަން ނިންމައި، އެ މައްސަލައިގެ ޝަރީއަތް މާދަމާ ފަށަން ހަމަޖައްސައިފިއެވެ.
އިބްރާހިމް ރަޝީދު ހައްޔަރުކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ތިނަދޫއިން މަސްތުގެ ހާލަތުގައި ހުރުމުންނާއި އޭނާ ހުރި ސަރަހައްދުން މަސްތުވާތަކެތި ފެނިގެން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ނަމަވެސް "ވަގުތަށް" ކޮޕީ ލިބިފައިވާ އިބްރާހިމް ރަޝީދު ހައްޔަކުރި ސަބަބުން އެންގުމަށް އޭނާ އަށް ދޫކޮށްފައިވާ ލިޔުމުގައި ބުނެފައި ވަނީ އިބްރާހިމް ރަޝީދު ހައްޔަރުކުރީ އޭނާ ހުރި ސަރަހައްދަކުން މަސްތުވާތަކެތި އަޅާފައިވާ ކަމަށް ޝައްކު ކުރެވޭ ޕެކެއްޓެއް ފެނިގެންނެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ ހެނދުނު ބާއްވަން ހަަމަޖައްސާފައިވާ އިރު އެ މައްސަލަ ބަލަން ނިންމާފައިވަނީ އުއްތަމަ ފަނޑިޔާރާ އެކު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.
ގާޒީ އިބްރާހިމް ރަޝީދު ދޫކޮށްލާފައި ވިޔަސް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އޭނާ ފަނޑިޔާރުކަމުން ސަސްޕެންޑު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ