މއ. ބެރުމަތިގޭގެ ހަވަނަ ފަންގިފިލާއިން 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު ތެރޭގައި ވެއްޓި މަރުވި ހ. ދޫހިމެރިގޭ ނަދާލް ރަޝީދުގެ މަރުގެ މައްސަލާގައި ހައްޔަރު ކުރި ފަސް މީހުން އިއްޔެ ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.
ފުލުހުން އެމައްސަލަ އާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ ފަސް ދިވެހިންނެވެ. އެއީ އުމުރުން 21 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ އަންހެނަކާއި އަދި 25 އަހަރުގެ ފިރިހެނެކެވެ. މި މީހުން ހައްޔަރުކޮށްފައި ވަނީ މިމަހުގެ ހަތް ވަނަ ދުވަހާއި އަށް ވަނަ ދުވަހުއެވެ.
ކޯޓުން މި ފަސް މީހުން ދޫކޮށްލާފައި ވަނީ ފުލުހުންގެ ތަހްގީގަށް އެއްބާރުލުން ދިނުމަށާއި ރާއްޖެއިން ބޭރަށް ދާނަމަ ފުލުހުންނަށް އެންގުމަށް ޝަރުތުކޮށްފައެވެ.
ނަދާލް ވެއްޓުނު އިރު އެއިމާރާތުގައި ދެން ތިބި ހަތަރު މީހުން ވެސް މަސްތުވާ ތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނި ގޮތުގައި ނަދާލް ހޮސްޕިޓަލަށް ގެންދެވުނުއިރު އޭނާގެ ހަށިގަނޑަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން މަރުވެފައިވާ ކަމަށް އޭނާ ބެއްލެވި ޑޮކްޓަރު މަޢުލޫމާތު ދީފައިވެއެވެ.
ނަދާލްގެ މަރުގެ މައްސަލާގައި ހައްޔަރު ކުރި މީހުން ކޯޓުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ