މާރަންދޫ އިން ކަރަންޓް ކެނޑިއްޖެ

ހއ.މާރަންދޫ އިން ކަރަންޓް ކެނޑިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުގެ ހުރިހައި ސަަރަހައްދަކުން ވަނީ ކަރަންޓް ކެނޑިފައެވެ.
މާރަންދޫ އިން ކަރަންޓް ކެނޑިފައި ވަނީ މިއަދު 11:30 ހާއިރުން ފެށިގެންނެވެ.
މާރަންދޫ ކައުންސިލްގެ އިންފޮމޭޝަން އޮފިސަރ "ވަގުތަށް" މައުލޫމާތު ދެއްވަމުން ވިދާޅުވީ މާރަންދޫ އިން ކަރަންޓް ކެނޑިފައިވާތާ 30 ވަރަކަށް މިނެޓް ވެދާނެ ކަމަށާއި ކަރަންޓް ދެވޭނެ ވަކި ގަޑިއެއް ނޭނގޭ ކަމަށެވެ.
މާރަންދޫ އިން "ވަގުތަށް" މައުލޫމާތު ދިން މީހަކު ބުނީ ކަރަންޓް ދިޔައީ ކަރަންޓް ދިނުމަށް ބޭނުންކުރާ ޖަނަރޭޓަރަކުން ގިނަ އަދަދެއްގެ ދުންތަކެއް އެރުމަށް ފަހު ޖަނަރޭޓަރު ނިވުމުން ކަމަށެވެ.
މާރަންދޫ އަކީ މީގެ ކުރިން ވެސް ވަރަށް ގިނައިން ކަރަންޓް މައްސަލަ ދިމާވާ ރަށެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ