ތާލިބާންގެ އިސްވެރިޔާ މުއްލާ ޢުމަރު ރިޔާސީ އިންތިޚާބުގައި ކުރިމަތިލުމަށް ކަރްޒާއީ ގޮވާލައިފި

ތާލިބާންގެ އިސްވެރިޔާ މުއްލާ ޢުމަރު ސަރުކާރާއި ދެކޮޅަށް ހަނގުރާމަކުރުން ދޫކޮށްލައި އަފްޣާނިސްތަނުގައި ރިޔާސީ އިންތިޚާބުގައި ކުރިމަތިލުމަށް އެޤައުމުގެ ރައީސް ހާމިދް ކަރްޒާއީ ގޮވާލައްވައިފިއެވެ.2001 ވަނަ އަހަރު އެމެރިކާއިން އަފްޣާނިސްތާނަށް އަރައި ތާލިބާންގެ ސަރުކާރު ވައްޓާލިފަހުން ތާލިބާނުންދަނީ އެޤައުމުގައި އެމެރިކާއިން ޤާއިމްކޮށްފައިވާ ސަރުކާރާއި ދެކޮޅަށް ހަނގުރާމަކުރަމުންނެވެ.ހަނގުރާމަކުރުން ދޫކޮށް ސުލްހަވެރި ޙައްލެއް ހޯދުމަށް އެކުގައި މަސައްކަތްކުރުމަށް ރައީސް ކަރްޒާއީވަނީ މުއްލާ ޢުމަރަށް ދައުވަތު އަރުވާފައެވެ. “އަހަރެން އަދިވެސް މިގޮވާލަނީ ހުރިހާ އަފްޣާނުންނަށް، އާދެ އެއްވެސް ފަރާތެއްގެ ގޮނޑިކޮއްކޮ ރޯލު އަދާނުކުރާ، ހަމައެކަނި އަހަރެމެންނާއި މިޤައުމުގެ ތެރޭގައި ޚިޔާލު ތަފާތުވާ ހުރިހާ ފަރާތްތަކަށް، ސުލްހަވެރި ޚައްލެއް ހޯދުމަށް މަޝްވަރާގެ މޭޒުގެ ދޮށަށް އައުމަށް،” ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ކަރްޒާއީ ގޮވާލެއްވިއެވެ.“އަފްޣާނިސްތާނުގެ ކޮންމެ ތަނަކަށްވެސް މުއްލާ ޢުމަރަށް އާދެވޭނެ. އަދި ސިޔާސީ އޮފީހެއްވެސް ހުޅުވިދާނެ. ނަމަވެސް ބަޑި ދޫކޮށްލަންވާނެ. ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް ސިޔާސީ ޕާޓީއެއްވެސް ހެދިދާނެ. އަދި އަންނަ ރިޔާސީ އިންތިޚާބުގައި ކުރިމަތިވެސް ލެވިދާނެ. ރައްޔިތުން ވޯޓު ދީފިނަމަ، އަނބުރާ ވެރިކަމަށް އާދެވޭނެ،” ކަރްޒާއީ ވިދާޅުވިއެވެ.ކަރްޒާއީގެ މިފަދަ ގޮވާލުންތަކަށް މިހައިތަނަށް ތާލިބާނުން އެއްބަސްވެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ