ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފޫޒުފޯރުވުމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އަށް ގުޅާފައިވާކަމަށް އޭނާ ބުނެފައިވާ ބުނުން މިހާރު ރައީސް ޔާމީންގެ މައްސަލަ ބަލަމުންދާ ގާޒީ އަލީ ރަޗީދު ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހު ތަހުނިޔާ ކުރެހުމެއް ވައިބަރ ގުރޫޕަކަށް ހައިލަމް ފޮނުވި އިރު އޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމައިފައިދާ މަންޒަރު ފެންނާތީ ގާޒީ ހައިލަމް ވަނީ ދެމަހުގެ މުއްދަތަކަށް ސަސްޕެންޑް ކޮށްފައެވެ. ހައިލަމް ސަސްޕެންޑް ކުރުމާއި ގުޅިގެން އޭނާ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ސަރުކާރުގެ އެކި އިސް ފަރާތްތަކުން ފޯނުން ގުޅައި، އަދި މެސެޖުގެ ޒަރިއްޔާއިންނާއި އޭނާ ދަންނަ މީހުން މެދުވެރިކޮށް ޔާމީން ޖަލަށް ލާން ހުކުމް ކުރާނެ ކަމުގެ ޔަގީންކަން ހޯދުމަށް މަސައްކަތް ކޮށްފައި ވާކަމަށެވެ.
އަދި އެކަން ގާޒީ އަލީ ރަޝީދަށް އެނގޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ގާޒީ ރަޝީދު "ރާއްޖެ އެމްވީ" އަށް ދީފައިވާ އިންޓަރ ވިއުއެއްގައި ވިދާޅުވެފައި ވަނީ ސަރުކާރުގެ އެއްވެސް އިސް ފަރާތަކުން ގާޒީ ހައިލަމް އަށް ގުޅާ ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައި ވާކަން ނުދެނެހުރި ކަމަށެވެ. އަދި އޭނާ ވަނީ ހައިލަމް ދެއްކި ވާހަކަ ދޮގު ކުރައްވާފައެވެ.
މީގެ އިތުރުން ގާޒީ އަލީ ރަޝީދު ވިދާޅުވެފައި ވަނީ އޭނާ ފަނޑިޔާރުކަން ކުރައްވަން ފެށި ތާ 13 އަހަރު ވެފައިވާ ކަމަށާއި އެމުއްދަތުގެ ތެރޭގައި ކޯޓުން ކުރިއަށް ގެންދިޔަ ޝަރީއަތަކަށް ނުފޫޒު ފޯރުވުމަށް އެއްވެސް ފަރާތަކުން މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.
ޔާމީން ޝަރީއަތަށް ނުފޫޒު ފޯރުވަން ސަރުކާރުން ހައިލަމަށް ނުގުޅާ - ގާޒީ އަލީ ރަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ