ދީބާޖާ އިންވެސްޓްމަންޓަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަން ހުކުމްކުރި ފައިސާގެ ތެރެއިން 174 މިލިއަން ރުފިޔާ ދޭން ސަރުކާރުން ނިންމި އިރު، ސަރުކާރުން ކުރިން ބުނި ގޮތަށް އެ މައްސަލަ މުރާޖައާކުރަން ސުޕްރީމް ކޯޓަށް ހުށަހެޅިތޯ ސަރުކާރުން ސާފުކޮށްދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ގައި އޭރުގެ ސަރުކާރުން ބާތިލްކުރި މައްސަލާގައި ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދައްކަން ކުރި ހުކުމް މި އަހަރު ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ. އެ ހުކުމް ތަންފީޒު ކުރަން ދީބާޖާއިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމުގައި ރައީސަށް ލަފާ ދޭ ސެޓްލްމަންޓް ކޮމެޓީން ވަނީ ދީބާޖާ އެކު، ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން މަޝްވަރާކޮށްފަ އެވެ.
ަސަރުކާރުން މީގެކުރިން ބުނަމުން އައީ މިމައްސަލަ މުރާޖައާކުރަން ކޯޓަށް ހުށަހަޅާނެކަމަށް. ސުޕްރީމް ކޯޓުގެ ބެންޗުވެސް ބަދަލުވެއްޖެ. ފައިސާ ދެއްކުމަށް ނިންމެވުމުގެ ކުރިން މިމައްސަލަ މުރާޖައާ ކުރަން ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވިތޯ ސަރުކާރުން ސާފްކޮށްދޭންޖެހޭ. pic.twitter.com/974yPif3ni— Ahmed Usham (@a_usham) November 25, 2019
އުޝާމް ކުރެއްވި ޓުވީޓު.ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މައްސަލަ މުރާޖައާ ކުރަން ކޯޓަށް ހުށަހަޅާނެ ވާހަކަ ސަރުކާރުން މީގެކުރިން ބުނަމުން އައި ކަމަށެވެ.
"ސުޕްރީމް ކޯޓު ވެސް ބަދަލުވެއްޖެ. ފައިސާ ދެއްކުމަށް ނިންމެވުމުގެ ކުރިން މި މައްސަލަ މުރާޖައާ ކުރަން ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވިތޯ ސަރުކާރުން ސާފުކޮށްދޭން ޖެހޭ،" އުޝާމްގެ ޓްވީޓްގައި ވެ އެވެ.
ދީބާޖާ އަށް ބަދަލު ދިނުމަށް ހުކުމް ކުރުމުގައި ނުރަނގަޅު ކަންތައްތަކެއް ހިނގާފައިވާ ކަމަށް އުޝާމް މީގެ ކުރިން ވެސް ވިދާޅުވެފައިވެ އެވެ.
Dheebaajaa massala muraajaa kuran hushahelhun lasvanee thuhumathuthakaa hedhi: AG
Mihaaru
ދައުލަތަށް މާލީ ބޮޑު ބުރައެއް އުފުލަން ޖެހިފައިވާ މި މައްސަލަ މުރާޖައާ ކުރަން ހުށަހެޅުން ލަސްވަނީ ކީއްވެތޯ "މިހާރު" އިން ދެންނެވުމުން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ކުރިން ވިދާޅުވީ ސުޕްރީމް ކޯޓަށް ސީރިއަސް ތުހުމަތުތަކެއް ކުރެވޭތީ، ހުކުމް ރިވިއުކުރަން ހުށަހެޅުމަށް ބަލަން ޖެހޭ ކަންކަން އެ އޮފީހުން އަންނަނީ ބަލަމުން ކަމަށެވެ. އެ މައްސަލަ މުރާޖާ ކުރަން ޖެހޭ މައިގަނޑު ސަބަބަކީ، ރައްޔިތުންގެ މާލީ ވަރަށް ބޮޑެތި މަސްލަހަތުތަކެއް އޭގައި ހިމެނިފައި ވުމުން ކަމަށް ވެސް ވިދާޅުވި އެވެ. ރިފްއަތު ވިދާޅުވީ ދީބާޖާ އަށް ލިބުނު ގެއްލުމުގެ ބަދަލު ކޯޓުން އެކަށައަޅުއްވާފައި އޮތީކީ ވެސް އާއްމު އުސޫލުން، ގެއްލުމުގެ ބަދަލު މިނެކިރުމުގައި ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ 23 ވަނަ މާއްދާއާ ވެސް އެއްގޮތަށް ބެލުމެއް ނެތި ކަމަށެވެ.
ދީބާޖާއަށް ބަދަލުގެ ގޮތުގައި 348 މިލިއަން ދައްކަން ސިވިލް ކޯޓުން ކުރިން ކުރި ހުކުމް ހައި ކޯޓުން މިދިޔަ އަހަރު ބާތިލްކުރި އެވެ. އެކަމަކު ހައި ކޯޓުން އެ މައްސަލަ ބަލައިގެންފައި އޮތީ އިސްތިއުނާފް މުއްދަތު ހަމަވިފަހުން ކަމަށްވާތީ ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ އެ ހުކުމް ބާތިލްކޮށް، ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓައިފަ އެވެ.
ދީބާޖާގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިތޯ ސާފުކޮށްދޭންޖެހޭ: އުޝާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ