"ނަޝީދު އާއި ގާސިމް ޤާނޫނު އަސާސީ ވީދާލައިފި"

ނާއިންސާފާއި އަނިޔާވެރިކަމާއި ދެކޮޅަށް ނިކުތް އެތަކެއް ހާސް ރައްޔިތުންގެ އިހްސާސްތަކަށް ބެލުމެއް ނެތި ރައީސް ނަޝީދު އާއި ގާސިމް ޤާނޫނު އަސާސީ ވީދާލައިފި ކަމަށް ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭން އދ. ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގައި ހުންނަވާ ހިއުމަން ރައިޓްސް އެންވޯއިގެ މަގާމު ފުރުއްވެވި އިބްރާހިމް ލުތުފީ (ސަންދާނު ލުތުފީ) ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް ކުރިމަތިލެވޭ އުމުރަށް ބަދަލު ގެންނަން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު އެމްޑީޕީ އާއި ޖޭޕީ މެންބަރުންގެ ތާއީދާއި އެކު ފާސްކުރުމުން ކުރެއްވި ޓްވީޓެއްގައެވެ.
ލުތުފީ މިއަދު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ޑިމޮކްރަސީ އާއި ހިޔާލު ފާޅުކުރުމާއި އިންސާފުވެރިކަމަށް ހިތާމަހުރި ދުވަހެއް ކަމަށެވެ. އޭނާ ވިދާޅުވީ "ޑިކްޓޭޓާ ޔާމީން ވަނީ އިދިކޮޅު ފަރާތްތަކުގެ އެއްބާރުލުމާއި އެކު ޤާނޫނޫ އަސާސީ ރޭޕް ކޮށްފައި" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ