ރާއްޖޭގެ އުތުރުގެ ރަށްތަކަށް މޫސުން ވަރަށް ގޯސްވެ، ރީނދޫ ސަމާލު ނެެރެފި

ރާއްޖޭގެ އުތުރުގެ ރަށްތަކަށް މޫސުން ވަރަށް ގޯސްވެ، ރީނދޫ ސަމާލު ނެެރެފި އެވެ.
ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ދެންމެ ނެރުނު ސަމާލުގައި ބުނެފައި ވަނީ، ހއ އަތޮޅުން ފެށިގެން ޅ. އަތޮޅާއި ހަމައަށް މޫސުން ގޯސްވާނެ ކަމަށެވެ. އަދި މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.
މެޓް އޮފީހުން ނެރުނު ސަމާލުގެ މުއްދަތު ހަމަވާނީ މިރޭ 20:00 ގައެވެ.
ރާއްޖެއަށް މިހާރު ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.
މެޓް އޮފީހުން ވަނީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްފައެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށްވެސް ލަފާކޮށްފައި ވެއެވެ.
އަދި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މެދު ތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައިބާރުވާނެ ކަމަށާއި، އެހެންވެ އެ ސަރަހައްދުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ