އިބްރާހިމް ސިޔާދު ގާސިމް ދޫކޮށްލައިފި

ކްރިމިނަލް ކޯޓުން ކުރި އަމުރާ ގުޅިގެން ވިލާ ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ސިޔާދު ގާސިމް މިނިވަންކޮށް ދޫކޮށްލައިފިއެވެ.
ކޯޓުގެ އަމުރާ ގުޅިގެން އިބްރާހިމް ސިޔާދު މިނިވަންކޮށް ދޫކޮށްލާފައިވަނީ، ކްރިމިނަލް ކޯޓުން މާލޭ ޖަލަށް ގެންދިއުމަށްފަހު މިއަދު އިރުއޮއްސި 6:15 އެހާއިރުއެވެ.
ސިޔާދު ޖަލުން ދޫކޮށްލިއިރު، އެ ސަރަހައްދަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެފައިތިއްބެވެ. އަދި ސިޔާދު ޖަލުން ނުކުމެވަޑައި ގަތުމާއެކު އެތައްބަޔަކު އެމަނިކުފާނާ ސަލާމްކޮށް މަރްހަބާ ދެންނެވިއެވެ.
އިބްރާހިމް ސިޔާދު ގާސިމް ޖަލުން މިނިވަންކޮށް މި ދޫކޮށްލީ، ޖަލުގައި 162 ދުވަސް ހޭދަކުރެއްވިފަހުން، ކްރިމިނަލް ކޯޓުން އެމަނިކުފާނު ދޫކޮށްލުމަށް މިއަދު އަމުރު ކުރުމާ ގުޅިގެންނެވެ.
ސިޔާދު މިނިވަންކުރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޝަރުތުތަކުގެ ތެރޭގައި، މާލެ ސަރަހައްދުން ދާނަމަ ކޯޓަށް އެންގުމާއި، ފޯނު ނަމްބަރު ބަދަލުވާނަމަ ކޯޓަށް އެންގުމުގެ އިތުރުން ކޯޓުން ފޮނުވާ ޗިޓުތަކާއި ހަވާލުވުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ