ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ސިލްސިލާކޮށް ކުރިއަށް ގެންދާ ޓްރެފިކް އޮޕަރޭޝަނެއްގައި 103 އުޅަނދެއް ބަލައި ފާސްކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ މި ޓްރެފިކް އޮޕަރޭޝަނުގައި ބަލައި ފާސްކޮށްފައިވާ 103 އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ 86 ސައިކަލަކާއި، ހަތަރުފުރޮޅުލީ އުޅަނދުގެ 17 އުޅަނދެއް ކަމަށެވެ.
މި އޮޕަރޭޝަނުގައިގަވާއިދާ ހިލާފުވި ހަތަރު ފަރާތަކާމެދު ފިޔަވަޅު އަޅާފައިވާ ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.
ފުލުހުން ބުނީ ކުޅުދުއްފުށީގައި މަސައްކަތްކުރާ ފުލުހުން ކުރިއަށް ގެންދާ މި އޮޕަރޭޝަނަކީ ސްކޫލު ބަންދާ ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ކުޅުދުއްފުށީގައި ދުއްވާ އުޅަނދުތަކަކީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމުގެ ގޮތުން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ.
މި އޮޕަރޭޝަންގައި ރަށުގެ އެކި ސަރަހައްދުތަކުގައި ޗެކްޕޮއިންޓްތައް ގާއިމުކޮށް އުޅަނދުތަކުގެ އަހަރީ ފީ އާއި އިންސްއަރެންސް ސްޓިކާއާއި ރޯޑްވާދިނަސް ސްޓިކާގެ އިތުރުން އެހެނިހެން ޓްރެފިކް ވައިލޭޝަންތައް ބަލައި ޗެކްކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.
ފުލުހުން އިތުރަށް ބުނީ ކުޅުދުއްފުށީގައި ކުރިއަށްދާ މި އޮޕަރޭޝަން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ.
ކުޅުދުއްފުށީގައި ކުރިއަށް ގެންދާ ޓްރެފިކް އޮޕަރޭޝަނެއްގައި 103 އުޅަނދެއް ބަލައި ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ