މޫސުން ގޯސްވުމުގެ ސަބަބުން ހދ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ މާވައިދޫއަށް ކާށިހޮވަންދިޔަ ބަޔަކު ހާލުގައި ޖެހިގެން އެމްއެންޑީއެފް ނޮދަން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ މާވައިދޫއަށް ކާށި ހޮވަން ދިޔަ ބަޔަކު މޫސުން ގޯސްވެ ހާލުގައި ޖެހިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
މިހާދިސާގެ ރިޕޯޓު އެމްއެންޑީއެފްއަށް ލިބުނީ މިއަދު 17:35 ހާއިރު ކަމަށާއި، އެވަގުތުން ފެށިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން އެމީހުންނަށް އެހީތެރިވުމަށް ހަރަކާތްތެރިވާން ފަށާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
” މި ހާދިސާގައި މޫސުން ގޯސްވެ ހާލުގައި ޖެހިފައިވަނީ ހދ.ކުމުންދޫއިން މާވައިދޫއަށް ކާށި ހޮވަން ދިޔަ 10 މީހެކެވެ. މި މީހުންގެ ތެރޭގައި 7 ފިރިހެންނުންނާއި 3 އަންހެނުން ހިމެނެއެވެ. މި މީހުން ހދ. ކުމުންދޫއަށް އެނބުރި ނުދެވިފައިތިބީ މޫސުން ގޯސްވެ ކަނޑުގަދަވުމާ ގުޅިގެން ދަތުރު ނުކުރެވިގެންކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ.” އެމްއެންޑީއެފުން މީޑިއާއަށް ފޮނުވި ބަޔާނެއްގައި ބުނެފައިވެއެވެ.
ހދ. މާވައިދޫއަކީ ކުރިން މީހުން އުޅުނު ރަށެކެވެ. އެރަށުގެ ރައްޔިތުންވަނީ ހދ. ނޮޅިވަރަންފަރަށް ބަދަލުވެފައެވެ.
މޫސުން ގޯސްވެ، މާވައިދޫއަށް ކާށިހޮވަންދިޔަ ބަޔަކު ހާލުގައި ޖެހިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ