ބެލަރޫސް އާއި ޔޫކޭގައި ތިބި 103 ދިވެއްސަކު ރާއްޖެ ގެނެސްފި

ރާއްޖެއިން ބޭރުގެ ތިން ގައުމެއްގައި ތިބި 103 ދިވެހިން ރާއްޖެ ގެނެސްފި އެވެ. ފޮރިން މިނިސްޓްރީ އިން ބުނީ ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއްގައި މިއަދު ރާއްޖެ ގެނެސްފައިވަނީ ބެލަރޫސް އާއި އިނގިރޭސިވިލާތުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވި ފަރާތްތަކާއި ސްރީލަންކާގައި ތިބި ދިވެހިންގެ ތެރެއިން ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ ފަރާތްތައް ކަމަށެވެ. ބެލަރޫސް އިން 48 ދިވެއްސަކު، އިނގިރޭސިވިލާތުން 23 ދިވެއްސަކު އަދި ލަންކާ އިން 32 ދިވެއްސަކު ރާއްޖެ ގެނެސްފައިވެއެވެ، ލަންކާއިން ހަމައެކަނި ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް ގެނެސްފައިވަނީ ފްލައިޓްގައި ސީޓް ލިބެން ހުރީ ވަރަށް ލިމިޓެޑްކޮށްކަމަށްވާތީ ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ. ފޮރިން މިނިސްޓްރީ މެދުވެރިވެގެން މީގެ ކުރިންވެސް ވަނީ ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވި ފަރާތްތައް ރާއްޖެ ގެނެސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ