ހުޅަނގު އައްސޭރީގެ ފަރުބަދަމަތީ ސަރަޙައްދުގައި ޤާއިމްކޮށްފައިވާ "އަމޯނާ" ގެ ނަން ދީފައިވާ ޔަހޫދީ އާބާދީ ރޫޅާލުމަށް އިސްރާއީލުގެ ސްޕްރީމް ކޯޓުން އިސްރާއީލު ސަރުކާރަށް އަމުރު ކޮށްފިއެވެ.
ސްޕްރީމް ކޯޓުގެ އަމުރުގައި ވަނީ ކުރިއަށްއޮތް ދެއަހަރު ތެރޭގައި އެތަނުން މީހުން ހުސްކޮށް މުޅިން ރޫޅައި ނެގުމަށެވެ.
1995 ވަނަ އަހަރު ޤާއިމް ކޮށްފައިވާ އަމޯނާ ޔަހޫދީ އާބާދީއަކީ ފަލަސްޠީނުގެ އަމިއްލަ މީސްމީހުންގެ ބިންތައް އެއްކޮށްގެން ޤާއިމް ކޮށްފައިވާ އާބާދީއެކެވެ. ސްޕްރީމް ކޯޓުން ބުނެފައިވަނީ، އެއާބާދީއަކީ އިސްރާއީލުގެ ސަރުކާރުގެ ހުއްދަ ނުހޯދައި ބަޔަކު އަމިއްލައަށް ޤާއިމްކުރި އާބާދީއެއް ކަމަށެވެ. އެކަމާހެދި އެތަނުގެ މައްސަލަ އޮތީ ވަރަށް ބޮޑުވެފައެވެ.
އަމޯނާ އާބާދީ ރޫޅާލުމަށް 2006 ވަނަ އަހަރު އިސްރާއީލުގެ ސަލާމަތީ ބާރުތަކުން މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން، އެތަނުގެ 9 ވަރަކަށް ގެދޮރު ރޫޅާލުމާއެކު އިސްރާއީލު މީހުންނާއި އެމީހުންނަށް ތާއީދުކުރާ މީހުންނާއި، ސަލާމަތީ ބާރުތަކާ ދެމެދު ވަރުގަދަ ލޭއޮހޮރުވުންތަކެއް ހިނގާފައިވެއެވެ. އެކަމާހެދި އޭރު އެކަން ހުއްޓާލީއެވެ.
ހުޅަނގު އައްސޭރީގައިވާ ޔަހޫދީ އާބާދީއެއް ރޫޅާލުމަށް އިސްރާއީލުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ