ދަރިމައިވުމުގެ ޞިއްޙަތާބެހޭ ހަވީރު މުއްދަތެއްނެތް ގޮތަށް ފަސްކޮށްފި

ދިލްޝާދު ކުލިނިކް: ފޯޓޯ އައްޑޫ ލައިވްއައްޑޫސިޓީ ހިތަދޫ ދިލްޝާދު ކުލިނިކާއި، މިއާންޒް ކޮލެޖު ގުޅިގެން ބާއްވަން ރޭވި ދަރިމައިވުމުގެ ޞީޙަތާއި އަންހެނުންގެ ދުޅަހެޔޮ ކަމާ ބެހޭ ހަވީރު ވަކި މުއްދަތެއްނެތް ގޮތަށް ފަސްކޮށްފިއެވެ.
ދިޝާދު ކުލިނިކުން ބުނީ މި ހަވީރު މުއްދަތެއްނެތް ގޮތަށް ފަސްކުރީ ހަލުވި ކަމާއެކު މުޅިދުނިއަށް މިހާރު ފެތުރެމުންދާ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ ދެމީހަކު ރާއްޖެއިން ފެނުމުން ރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.
"އަޅުގަނޑުމެން ބާއްވަން އުޅުނު ހަވީރު މިހާރުވަނީ މުއްދަތެއްނެތް ގޮތަށް ފަސް ކޮށްފައި. ފަސްކުރީ ކޮވިޑް 19 ރާއްޖެއިން ފެނުމުން. އެފަދަ ބައްޔެއް ފެތުރުމުގެ ނުރައްކާ އޮތްއިރު މީހުން އެއްވެ ބާއްވާ ޙަރަކާތްތައް ބޭއްވުމަކީ ރައްކާތެރި ކަމެއް ކަމަށް އަޅުގަނޑުމެން ނުދެކެން،" ދިލްޝާދު ކުލިނިކުން ބުންޏެވެ.
މި ހަވީރު ބާއްވަން އުޅުނީ މާރިޗު 14 ވަނަ ދުވަހު ހަވީރު 4:00 ގައި މިއާންޒް އިންޓަނޭޝަނަލް ސްކޫލް (އެމް.އައި ކޮލެޖް) އެވެ. މި ހަވީރު ރޭވީ ތިން ޑޮކްޓަރަކު އާންމުނަށް މައުލޫމާތު ދެއްވާ ގޮތަށެވެ. އެއީ މުޙައްމަދު ލަޠީފް (ޑރ. މެނަން) އާއި، ޑރ. ތަސްވިންއާއި ޑރ. ނިރަންޖަންއެވެ.
އަވަދިނެތި އުޅޭ އަންހެނުންނަށް ދުޅަހެޔޮ ސިއްހަތެއްގެ މަންފާ ލިބިގަންނާނީ ކިހިނެއްކަމާއި އާންމު ދިރިއުޅުމުގައި އެ ކަމަށް ކުރެވިދާނެ ބައެއް ކަންތައްތަކާއި އެމީހުންނަށް އާންމުކޮށް ދިމާވާ ބަލިތަކާއި އޭގެ ފަރުވާތަކާބެހޭ މަޢުލޫމާތު ދިނުމަށް ވެސް މިހަވީރުގައި ރޭވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ