ލޯކަލް ކައުންސިލް އިންތިހާބު ލަސްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ނަގައިފިއެވެ.
އެ ކޮމިޝަނުން ބުނީ އެ މައްސަލަ ނަގަން ނިންމީ، ގާނޫނުގައި ބުނާ މުއްދަތަށް ވުރެ އިންތިހާބު ލަސްކުރުމަށް، ރައްޔިތުންގެ މަޖިލީހުން ހައްލެއް ހޯދައިދޭނެ ކަމަށް ބުނެފައިވާތީ ކަމަށެވެ. އަންނަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސް ކުރުމާ ގުޅޭ ގޮތުން އިލެކްޝަން ކޮމިޝަނާއެކު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ރޭ ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ.
ކައުންސިލް އިންތިހާބު ފަސް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހައިކޯޓަށް މައްސަލައެއް ހުށަހެޅުމުގެ ކުރިން އެ ކޮމިޝަނުން ވަނީ އިންތިހާބު އަންނަ މަހުގެ 18ވަނަ ދުވަހު ބޭއްވުމަށް ނިންމާފައެވެ. ކުރިން ބޭއްވުމަށް ނިންމާފައި ވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުއެވެ. ނަމަވެސް ރާއްޖޭގެ ހާލަތަށް ބަލާ އެ ކޮމިޝަނުން އިންތިހާބު ފަސް ކުރުމުގެ އަމުރަކަށް އެދި ހުށަހެޅީއެވެ.
އިންތިހާބު ފަސް ކުރަން ކޯޓަށް އީސީން ހުށަހެޅިއިރު ރާއްޖޭގައި ކޮވިޑް19 ފެތުރެމުން އަންނާތީ އިންތިހާބު ފަސް ކުރުމަށް ގިނަ އާއްމުން ދިޔައީ ގޮވާލަމުންނެވެ. މީގެއިތުރުން އެކަމުގައި އެންމެ ބޮޑަށް އަޑު އުފުލި ސިޔާސީ ޕާޓީއަކަށް ސަރުކާރު ކޯލިޝަން އެމްއާރްއެމް ވެގެން ދާނެއެވެ. އެގޮތުން އެޕާޓީގެ އިންތިގާލީ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އިންތިހާބު ފަސް ކުރުމަށް ގޮވާލާފައެވެ. އަދި މީގެއިތުރުން އެޕާޓީން ވަނީ އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ވެސް ފޮނުވާފައެވެ.
އިންތިހާބާއި ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ނަގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ