ކޮވިޑް-19: ޑެލިވަރީ ކުރުމަށް މިހާތަނަށް 2653 ލައިސަންސް ދޫކޮށްފި

މާލެ ލޮކްޑައުން ކޮށްފައިވާ މިދަނޑިވަޅުގައި ޑެލިވަރީ ކުރުމަށް 2653 ލައިސަންސް ދޫކޮށްފައިވާ ކަމަށް ނެޝަނަލް އެމެޖެންސީ ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކު ޢަބްދުލް ޢަޒީޒު ވިދާޅުވެއްޖެއެވެ. އެއީ ފިހާރަތަކުންނާއި ރެސްޓޯރެންޓުތަކުން ކާބޯތަކެތި ފިހާރަތަކަށް ފޮނުވައި ދިނުމަށްޓަކައި ދޫކޮށްފައިވާ ލައިސަންސެކެވެ.
މީގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ފުލުހުން ގެންދަވަނީ ދިވެހި ރެޑުކްރެސެންޓާ ގުޅިގެން ބިދޭސީންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. އެ ޑެލިވަރީކޮށްދޭނީ ހުޅުވާފައި ހުންނަ ރެސްޓޯރެޓުތަކުން ކަމަށާއި، އެގޮތުން 23 ވިޔަފާރިއަކަށް ވަނީ ހުއްދަ ދެވިފައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޑެލިވަރީ ކުރުމަށްޓަކައި 71 ލައިސަންސެއް ވަނީ އެ ތަންތަނަށް ދެވިފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެސްޓީއޯއިން ދެމުންގެންދާ ޑެލިވަރީގެ ޚިދުމަތުގައި ކޮންމެ ޝިފްޓެއްގައި 51 މީހުން ބައިވެރިވަމުންދާ ކަމަށާއި އެކަމުގައި އެމްއެންޑީއެފްގެ އެހީތެރިކަން ވަރަށްބޮޑަށް ލިބެމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެހެންނަމަވެސް ޑެލިވަރީކުރުމުގައި ލަސްތަކެއް ދިމަވާ ކަމަށާއި އެކަމަށް ޙައްލު ހޯދުމަށް މަސައްކަތް ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ