ހުޅުމާލެ ބިޔަ ރަށެއްގެ ގޮތުގައި ތަރައްގީ ކުރައްވާނެ ކަމަށާއި ހުޅުމާލެ އާއި ހުޅުލެ މާލެ އާއި ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި، ޖުމްހޫރީ ޕާޓީގެ ސަރުކާރެއްގައި ފާލަމަކުން ގުޅާލާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މިރޭ ހުޅުމާލޭގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް ވިދާޅުވީ މި ސަރަހައްދުގެ އެންމެންނަށް ހިދުމަތް ދެވޭ ފެންވަރުގެ ބޮޑު ހޮސްޕިޓަލެއް ވެސް ހުޅުމާލޭގައި ގާއިމު ކުރައްވާނެ ކަމަށާއި އަދި އެ ހޮސްޕިޓަލްގައި އޯޕަން ސާޖަރީގެ ހިދުމަތް ދެއްވޭ ފެންވަރަށް ތަރައްގީ ކުރައްވާނެ ކަމަށެވެ.
ގާސިމް ކުރިން ވިދާޅުވެފައި ވަނީ ރާއްޖޭގެ އުތުރާއި ދެ ކުނުގައި ވެސް ޒަމާނީ އަދި ބޮޑެތި ހޮސްޕިޓަލްތައް ގާއިމު ކުރައްވާނެ ކަމަށާއި އޭރުން ރާއްޖެ އިން ބޭރަށް ބޭހަށް ހުރާ ހަރަދުތައް ވަރަށް ބޮޑުތަން ކުޑަ ކުރަވޭނެ ކަމަށެވެ.
ހުޅުމާލެ، ހުޅުލެ، މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ފާލަމަކުން ގުޅާލާނެ ކަމަށް ގާސިމް ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ