މާލޭގެ ބޮޑު ބަޔަކުން ގަޑިއެއްހާ އިރަށް ކަރަންޓް ކެނޑި އާންމުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ. މިފަހަކަށް އައިސް މާލެއިން ކަރަންޓް ކަނޑަައިގެން ދިޔުން މި ވަނީ ބޮޑު މައްސަލައަކަށް ވެފަ އެވެ.
މިރޭ 10:00 އެހާކަންހާއިރު ކަރަންޓް ކެނޑުނީ ހެންވޭރު މައްޗަންގޯޅި ގަލޮޅު އަދި މާފަންނުގެ ސަރަހައްދުތަކުން އެވެ. ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ މިރޭ ކަރަންޓް ކެނޑުނީ މާލެއަށް ކަރަންޓް ދޭން ބޭނުން ކުރާ ބޮޑު ތިން އިންޖީނެއް ކުއްލިއަކަށް ނިވިގެން ކަމަށެވެ. އަދި އެ އިންޖީނުތައް އަލުން ހިންގައި މިހާރު މުޅި މާލެއަށް ކަރަންޓް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސްޓެލްކޯގެ އޮފިޝަލް ވިދާޅުވީ ބޮޑު ތިން އިންޖީނު ނިވެން ދިމާވި ސަބަބެއް އަދި ނުހޯދެ އެވެ. މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ދެތިން ހަތަރު ފަހަރަކަށް މާލޭގެ ބޮޑު ބަޔަކުން ވަނީ ކެނޑިފަ އެވެ.
މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑި އަނދިރިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ