ޕީޕީއެމްގެ މާސިންގާ ޑޯޓުޑޯ ކެންޕެއިންގެ ހަރަކާތްތައް މި އަދު ހަވީރު ހަތަރެއް ޖަހާއިރު ފެށާނެ ކަމަށް ކެންޕެއިން ޓީމުން ބުނެފި

ޕީޕީއެމުން މާސިންގާ ޑޯޓުޑޯ ކެންޕެއިންގެ ހަރަކާތްތައް މިއަދު ހަވީރު ހަތަރެއް ޖަހާއިރު ފެށާނެ ކަމަށް ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން ބުނެފިއެވެ. ރައީސް ޔާމީން 2018 ކެންޕެއިންގެ ދަށުން މާސިންގާ ޑޯޓުޑޯ ގެ ހަރަކާތްތަށް މިއަދު ހަވީރު ހަތަރެއް ޖަހާއިރު ފެށުމަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތަށް ވެ ނިމިފައިވާއިރު މި ހަރާކާތުގައި މިއަދު އިސްވެ ގޭބީސީ ތަކަށް ވަޑައިގަންނަވާނީ ސަރުކާރުގެ ވަޒީރުން ކަމަށް ރައީސް ޔާމީން ކެންޕެއިން އޮފީހުން މައުލޫމާތުދެއެވެ.އެގޮތުން މިއަދު ގަލޮޅު ފްލެޓް ސަރައްހަދުގައި ހިމެނޭ ގޭބިސީ ތަކުގައި ދިރިއުޅޭރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވަނީ ހައުސިިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒުއާއި، ތިމާވެއްޓާ ހަކަތައާއި ބެހޭ ވަޒީރު ތޯރިގް އިބްރާޙިމް ކަމަށް އެފަރާތުން މައުލޫމާތުދެއެވެ. އަދި މާފަންނު ުތުރު ދާއިރާގެ ގޭބިސީ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވާނީ އިގްތިސާދާ ބެހޭ ވަޒީރު މުހައްމަދު ސައީދު. އަދި ހެންވޭރު ގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވާނީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރުއެވެ.އަދި މީގެ އިތުރުން މައްޗަންގޮޅީ ގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވާނީ ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރުކަމަށް ކެންޕެއިން އޮފީހުން ބުނެއެވެ. ރައީސް ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމް އިސްވެ ހުންނަވައިގެން ޗޯއްޗަށް މިނަމުގައި ކުރިއަށް ގެންދާ މި ހަރަކާތުގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ގެތަކަށް 2،000 އަށް ވުރެ ގިނަ ވޮލަންޓިއަރުން ހިމެނޭ ޓީމެއް މިއަދު ހަވީރު 4:00 އިން ފެށިގެން މާދަމާގެ ނިޔަލަށް ޒިޔާރަތް ކުރަމުންދާނެ ކަމަށް ކެމްޕެއިން އޮފީހުން މައުލޫމާތުދެއެވެ.މާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވާ މި ކެންޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދިޔަ ނަމަވެސް މި ހަރަކާތްތައް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބޭއްވުމަށް ރާވައިފައިވާ ކަމަށްވެސް އެ އޮފީހުން މައުލޫމާތުދެއެވެ. ރައީސް ޔާމީންގެ ކެންޕެއިންތައް ފެށިގެން ކުރިއަށްދާ އިރު ޕީޕީއެމް އިން އިންތިޒާމް ކޮށްގެން ވެސްޓް ފާރކް ސަރަހައްދުގައި ބޭއްވި ހަރަކާތުގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އެންމެ ހާއްސަ އިސްކަމެއް ދެއްވަނީ ރާއްޖޭގެ ތަރައްގީއަށް ކަމަށާއި އަދި އެއްވެސް މީހަކާ ޒާތީކަމެއް ނޯންނާނެކަމަށެވެ. އެމަނިކުފާނުގެ އަމާޒަކީ ރައްޔިތުންގެ ހިތްހަމަޖެހުންކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ