އަމީން އާއްމު އައްޔަން ކުރުމަށް މިއަދު ރައްޔިތުން މަޖިލީހުގެ ޖަލްސާ އެޖެންޑާކޮށްފި
މީން އާއްމު އައްޔަން ކުރުމަށް މިއަދުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާ އެޖެންޑާކޮށްފިއެވެ. މި އަހަރުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާ މިއަދަށް އެޖެންޑާކޮށްފައިވާއިރު، މި ޖަލްސާއަކީ މަޖިލީހުގައި ހުސްވެފައިވާ އަމީން އާއްމު ކަމުގެ މަގާމައް މީހަކު އައްޔަން ކުރެއްވުމަށް ބާއްވާ ޖަލްސާއެވެ. މަޖިލީހުގެ އަމީން އާއްމު ކަމުގެ މަގާމުގައި މީގެކުރިން ހުންނެވި އަހްމަދު މުހައްމަދު މިދިޔަ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އެ މަގާމު ހުސްކޮށް ހުންނަތާ މިހާރު ދުވަސްކޮޅެއް ވަނީ ވެފަ. މީގެއިތުރުން އަމީން އާއްމުގެ މަސްއޫލިއްޔަތުތައް މިހާރު ފުރުއްވަމުން ދަނީ އަމީން އާއްމުގެ ނައިބްއެވެ. ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށް މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ އެޖެންޑާގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 12 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ މައްސަލަ ވަނީ އެޖެންޑާ ކޮށްފައެވެ. އަމީން އާންމުގެ މަގާމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ގާނޫނީ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކޮށްފައިވުމާއި ރައްޔިތުންގެ މަޖިލީހަށް ގާނޫނީ ލަފަޔާއި މަޝްވަރާ ދެވޭ ފެންވަރުގެ މީހަކު ކަމުގައިވުމާއި އުމުރުން 25 އަހަރު ވެފައިވާ މީހަކަށް ވާންޖެހެއެވެ. އަމީން އާންމުގެ މުސާރައާއި އިނާޔަތުގެ ގޮތުގައި 50000 ރުފިޔާ ލިބެއެވެ. އަމީން އާއްމު ކަމުގެ މަގާމަށް ކުރިމަތި ލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ. އަމީން އާއްމު އައްޔަން ކުރެއްވުމުގެ މައްސަލައިގެ އިތުރުން މާވަށު ދާއިރާގެ މެމްބަރު އަހްމަދު އަޒްހާން ފަހުމީ ހުށައަޅުއްވާފައިވާ ދިވެހި ރާޢްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނުނަށް އިސްލާހް ގެނައުމުގެ ބިލްގެ އިބްތިދާއީ ބަހުސް ވެސް ވަނީ މިއަދަށް އެޖެންޑާކޮށްފަައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ