ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީން ކޯލިޝަންހެދީ ޖުމްހޫރީ ޕާޓީން ފައިސާދީގެންކަމަށް ބަޔަކު ބުނިނަމަވެސް އަދާލަތު ޕާޓީއަށް އެއްވެސް ފައިސާއެއް ދީފައި ނުވާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީ ކޮންގްރެސް ވާހަކަ ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ އަދާލަތު ޕާޓީން ޖުމްހޫރީ ޕާޓީއާއި ކޯލިޝަންހެދުމަށް ނިންމި ނިންމުމަށް އައްސަރިހަބާއި ސާބަސް ދެއްވާކަމަށާއި އެނިންމުމަކީ ފައިސާދީގެން އަދާލަތު ޕާޓީން ނިންމި ނިންމުމެއް ނޫންކަމުގައެވެ.
"އާދެ ތިޔަބޭފުޅުންނަކީ ބަޔަކު ކޮންމެފަދަ ވާހަކައެއް ދެއްކިނަމަވެސް ކޮންމެ ގޮތެއްގައި ސިފަކުރިނަމަވެސް، ކޮންމެބައެއްގެ ތެރޭގައިވެސް އުޅޭނެ ހިނތްހަމަނުޖެހޭބަޔަކު ޕްރޮފެގަންޑާ ފަތުރަން ބޭނުންވާ ބަޔަކު، އަޅުގަނޑުމެން ޖުމްހޫރީ ޕާޓީން ލާރިތަކެއް ތިބޭފުޅުންނަށް ދީގެންކަމަށްބުނާ ވާހަކަޔަކީ ހަގީތަކެއްނޫން ހަމަގައިމުވެސް އަޅުގަނޑުމެންގެ ޕާޓީއަކުން ތިބޭފުޅުންނަށް ފައިސާއެއްނުދެން، އަޅުގަނޑު ދަންނަވާނީ ތިބޭފުޅުން ބަދުނާމް ކުރުމަށްޓަކާ އެދައްކާ ވާހަކަތައް އަޑު ނާއްސަވާށޭ" ގާސިމް ވިދާޅުވިއެވެ.
އަދާލަތު ޕާޓީން ޖުމްހޫރީ ޕާޓީއާއި ކޯލިޝަން ހެދުމަށް ފައިސާދީފައި ނުވާކަމަށް ގާސިމް ވިދާޅުފެވައިމިވަނީ އަދާލަތު ޕާޓީން ކޯލިޝަން ހެދުމަށް ފައިސާ ނަގާފައިވާކަމަށް ޕީޕީއެމްއިން ތުހުމަތުކޮށްފައި ވަނިކޮށެވެ.
މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނިއުސްކޮންފަރެއްސެއްގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އަދާލަތު ޖުމްހޫރީ ޕާޓީއާއި ކޯލިޝަން ހަދާފައިވަނީ 25 މިލިއަން ރުފިޔާއަށް ކަމުގައެވެ.
އަބްދުއްރަހީމްގެ މިވާހަކަތަކާއި ގުޅިގެން އަބްދުއްރަހީމްގެ މައްޗަށް ދައުވާކުރުމަށް އަދާލަތު ޕާޓީގެ އިސްތަރުޖަމާނު އަދި އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދުވަނީ އެޕާޓީގެ ކައުންސިލަށް ގޮވައިލައްވާފައެވެ.
ކޯލިޝަން ހެދުމަށް އަދާލަތަށް އެއްވެސް ފައިސާއެއްނުދެން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ