ފުޅަދޫގައި ކަރަންޓް ކެނޑިފައި އޮންނަތާ 24 ގަޑިއިރު

ބ. ފުޅަދޫގައި ކަރަންޓް ކެނޑިފައި އޮންނަތާ 24 ގަޑިއިރު ވެއްޖެ އެވެ.
އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ނިޔާޒް ވިދާޅުވީ ރަށުން ކަރަންޓް ކެނޑިފައިވާތާ 24 ގައިއިރުވި އިރު ކަރަންްޓުގެ ހިދުމަތްދޭ ފެނަކައާއެކު މަޝްވަރާ ކުރަ ކުރި މަސައްކަތް ވެސް މިހާތަނަށް ކާމިޔާބު ނުވާ ކަމަށެވެ.
ގާތްގަނޑަކަށް 350 މީހުން ދިރިއުޅޭ ފުޅަދޫއަށް ކަރަންޓް ދެމުންދަނީ 32 ކިލޯ ވޯޓްގެ ދެ އިންޖީނު ހިންގައިގެނެވެ. އޭގެ ތެރެއިން އިންޖީނެއް މީގެ ދުވަސްތަކެއް ކުރިން ހަލާކުވުމުން އެއް އިންޖީނުން ކަރަންޓް ދެމުންދަނިކޮށް އިއްޔެ އެ އިންޖީނުވެސް ހަލާކުވީ އެވެ.
"އެއް އިންޖީނުން ދޭއިރުވެސް ވާވަރަކީ އިރު އިރުކޮޅާ ކަރަންޓް ކެނޑެނީ، ރައްޔިތުން ވަރަށް ޝަކުވާ ކުރޭ އެގޮތަށް ކަރަންޓް ކެނޑުމުގެ ސަބަބުން އިލެކްޓްރޯނިކް އާލާތްތައް ހަލާކުވާތީ، ވިޔަފާރިވެރިން ޝަކުވާކުރޭ ފްރިޖްތަކުގައި ހުންނަ އެއްޗެހި ހަލާކުވާތީ" ކައުންސިލް ރައީސް ވިދާޅުވިއެވެ.
ނިޔާޒް އިތުރަށް ވިދާޅުވީ މި މައްސަލައިގާ ފެނަކައިގެ އިސްވެރިންނަށް ގުޅަން މަސައްކަތް ކުރާ ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ވާގޮތް ނުވާކަމަށެވެ.
ފެނަކައިގެ ބަހެއް ހޯދަން ވީނިއުސް އިން ކުރި މަސައްކަތް ވެސް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ