ބަންޑާރަ ނައިބު ހައްޔަރު ކުރަން ބުނެ ދައުރުވީ ސައްހަ އަމުރެއް ނޫން: ސުޕްރީމް ކޯޓު

ދައުލަތުގެ ބަންޑާރަނައިބު ހައްޔަރު ކުރަން ސުޕްރީމް ކޯޓުން އަމުރެއް ނެރެފައިވާކަމަށްބުނެ މިރޭ “ފޭކް” ލިޔުމެއް ދައުރުވެފައިވާއިރު އެއީ ސައްހަ އަމުރެއް ނޫން ކަމުގައި ސުޕްރީމް ކޯޓުން ހާމަކޮށްފި އެވެ.
ސުޕްރީމް ކޯޓުން މިކަން ހާމަކޮށްފައިވަނީ މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައި އެވެ.
ސުޕްރީމް ކޯޓުން ދެންމެ ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމުރު ނަންބަރު 2018/SC-SJ/03 (04 ފެބްރުއަރީ 2018) ނަމުގައި ދައުރުވަމުންދާ ލިޔުމަކީ ސައްހަ ލިޔުމެއް ނޫންކަމުގައި ދަންނަވާ ކަމަށެވެ.
މިރޭ ދައުރުވި “ފޭކް”ލިޔުމުގައި ބުނެފައިވަނީ މާދަމާ ހެނދުނު 10:00ގެ ކުރިން ބަންޑާރަނައިބު ހައްޔަރު ކުރުމަށް ފުލުސް އޮފީހާ ހަވާލުވެހުންނެވި އަބްދުﷲ ނަވާޒްގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ