ރަތަފަންދޫން ކަރަންޓް ކެނޑޭތީ މުޅި ރަށް ހުއްޓުމަކަށް!
ގދ. ރަތަފަންދޫން ކަރަންޓް ކެނޑޭ މައްސަލަ ބޮޑުވެ، މުޅި ރަށް ހުއްޓުމަކަށް އަތުވެއްޖެ އެވެ. ރަތަފަންދޫ ކައުންސިލްގެ ރައީސް ހުނައިފު އަސްލަމް "ސަން"އަށް މިއަދު ވިދާޅުވީ އެ ރަށުން ކަރަންޓް ކެނޑޭތާ ހަތަރު ވަރަކަށް ދުވަސްވެފައިވާ ކަމަށާއި ކޮންމެ ދުވަހަކު ވެސް އޮފީސް ގަޑީގައި ކަރަންޓް ކެނޑޭތީ އާންމު ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް އެ މުވައްސަސާ އިން ނުދެވޭ ކަަމަށެވެ. "ވަރަށް ބޮޑަށް އުނދަގޫވޭ ރައްޔިތުންނަށް ހިދުމަތް ދިނުމަށް. ކަރަންޓް ކެނޑޭ ގޮތަށް އެތައް ގަޑިއިރެއްވަންދެން އެބަހުރޭ ކަރަންޓް ނުލިބި." ހުނައިފު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިއަދު ވެސް ހެނދުނު ކަރަންޓް ދިޔަގޮތަށް އަލުން ކަރަންޓް ލިބުނީ 10 ޖެހި އިރު ކަމަށާއި ކަރަންޓް ކަނޑައިގެންދާތީ އާންމުގެ އަގުބޮޑު މުދަލަށް ގެއްލުން ލިބެމުންދާ ކަމަށެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި ރަތަފަންދޫ އިން ކަރަންޓް ކެނޑެނީ އެ ރަށަށް ކަރަންޓް ދިނުމަށް ބޭނުންކުރާ 160 ކިލޯ ވޯޓްގެ ޖަނަރޭޓަރު ހަލާކުވެގެންނެވެ. އެކަމާ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ