އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ޝަރީފް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް އައްޔަންކުރެއްވުމަށްޓަކައި ރުހުން ހޯދުމަށް އޭނާގެ ނަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
ޝަރީފްގެ ނަން މަޖިލީހަށް ހުށަހަޅުއްވައި، ކަމާ ގުޅޭ ކޮމިޓީއަށް ފޮނުވުމަށްޓަކައި މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.
ފަސް މެމްބަރުން ތިއްބަވާ އިލެކްޝަންސް ކޮމިޝަންގެ އެއް ގޮނޑި ހުސްވީ އެ ކޮމިޝަންގެ ރައީސް އަހްމަދު ސުލައިމާން އިސްތިއުފާ ދެއްވުމުންނެވެ. ސުލައިމާން މިހާރު ހައްޔަން ކުރައްވާފައި ވަނީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް ކަމަށެވެ.
އުވިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ބައިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވައި އެ ގޮނޑި ކާމިޔާބު ކުރެއްވުމުގެ ކުރިން، އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އޭނާ އަދާކުރެއްވެވި އެވެ.
ރައީސް ޔާމީން އުފެއްދެވި ޕީޕަލްސް އެލަޔަންސް (ޕީއޭ) ގައި ވެސް އުޅުއްވި އެވެ.
ޝަރީފް އިލެކްޝަންސް ކޮމިޝަނަށް ބަދަލުކޮށް، ސްލައިމާން އެންއައިސީ އަށް ބަދަލުކުރުމަށް ރާވާފައިވާ ކަމުގެ އަޑުތައް ވަރަށް ކުރިން ފެށިގެން ފެތުރިފައިވެ އެވެ. 
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ