އެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންނަށް ލިބުނީ މާޔޫސްކަން: އަހުމަދު ރަޝީދު

އެމްޑީޕީގެ ސަރުކާރުގައި ރައްޔިތުންނަށް ލިބުނީ މާޔޫސްކަމެއް ކަމަށާއި، ރައްޔިތުންނަށް ފައިދާ ހުރި އެއްވެސް ކަމެއް ކޮށްދީފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ އެމްޑީޕީގެ މެންބަރ އަހުމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.މެޑަމް ފާތުމަތު އިބްރާހީމް އެންމެ ގާތުން ކުރައްވާ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން ރޭ ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަހުމަދު ރަޝިދު ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި ރައްޔިތުންނަށް ލިބިގެން ދިޔައީ އިތުރު މާޔޫސްކަމެއް ކަމަށެވެ. އަދި ތަރައްގީ ގެންނާނެ ކަމަށް ވިދާޅުވެ ނަޝިދު ވެރިކަމަށް ވަޑައިގެން ގޮތައް ދައްކަވަމުން ގެންދެވީ ދިގު ތިރީސް އަހަރު ނުކުރެވިފައި ހުރި ކަންކަމުގެ ވާހަކަތައް ކަމަށް އޭނާ ވިދާޅުވިއެވެ.އަހުމަދު ރަޝީދު ވިދާޅުވީ އެމްޑީޕީން ވެރިކަމަށް އައީ ރައީސް މައުމޫންގެ ސަރުކާރުގައި ރައްޔިތުންނަށް ނުލިބިހުރި ޚިދުމަތްތައް ހޯދައިދނުމަށް ވައުދުވެގެން ކަމަށެވެ. ނަމަވެސް ތަރައްގީގެ އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މީގެއިތުރުން އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރަށް ތިން އަހަރު ވީއިރު ނަރުދަމާއާއި، ބަނދަރު ހަދާ ވާހަކަ ރައްޔިތުން ނުދައްކާ ކަމަށެވެ. އަދި ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ގާއިމްވި ފަހުން ގައުމަށް އެންމެބޮޑު ތަރައްގީއެއް ގެނެސްދެއްވި ރައީސަކީ ރައީސް ޔާމީން ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ