ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ މެނިފެސްޓޯ ތައްޔާރު ކުރާނީ ރައްޔިތުން ކަމަށް ޕީޕީއެމްގެ ނައިބު ރައިސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބުދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވެރިކަން ކުރާ ޕީޕީއެމް އިން ވަމުންދާ ތައްޔާރީތަކާއި އަދި އިތިހާބަށް މެނިފެސްޓޯ އެކުލަވާލަން ކުރެވެމުންދާ މަސައްކަތާއި ގުޅޭގޮތުން "ވަގުތު" އިން ދެންނެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޕީއެމްގެ ނައިބު ރައީސް އަބްދުލްރަހީމް ވިދާޅުވީ މެނިފެސްޓޯ އެކުލަވާލުމުގެ މައްސަކަތް ދަނީ ބާރަށް ކުރިއަށް ކަމަށެވެ.
"ޕީޕީއެމްގެ މެނިފެސްޓޯ އެކުލަވާލަން މިހާރުވެސް ޓީމުތަށް ދަނީ އަތޮޅުތަކާއި, ރަތް ރަށުގައި ހަރަކާތް ތެރިވަމުން, އަޅުގަނޑުމެންނަށް މެނިފެސްޓޯ އެއް ހަދަން އެންމެ ފަސޭހަވާނީ, އަޅުގަނޑުމެން 2013 ގައި މެނިފެސްޓޯ އެއް ހިފައިގެން ނިކުމެ ރައްޔިތުންނަށް އެ ވިއްކައިގެން ވެރިކަމަށް އައިސް އަޅުގަނޑުމެންގެ އޭރުގެ މެނިފެސްޓޯގެ ގިނަ ކަންތަށް ތަކެއް މިވަނީ ހާސިލުކޮށް ފުރިހަމަ ކޮއްފައި" އަބުދުލްރަހީމް ވިދާޅުވިއެވެ.
އަންނަ ރިޔާސީ އިންތިހާބަށް މިހާރު ވެރިކަން ކުރާ ޕާޓީ އޮތީ ކިހާވަރަކަށް ތައްޔާރުވެފައި ތޯ "ވަގުތު" މީގެ ކުރިން ދެންނެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޕީއެންގެ ސެކެޓަރީ ޖެނަރަލް އަދި ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ޑރ.އަބްދުﷲ ހަލީލް ވިދާޅުވީ ކެންޕެއިންނަށް އެންމެ މޮޅަށް އަދި ރިޔާސީ އިންތިހާބަށް ހަމައެކަނި ކެންޕެއިން ކުރާ ޕާޓީއެެއްގެ ގޮތުގައި ދިވެހި ރައްޔިތުންނަށް ފެނިގެންދާނީ ޕީޕީއެމް ކަމަށެވެ.
"ރިޔާސީ އިންތިހާބަށް ޕީޕީއެމް އިން ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުން, ކެންޕެއިން ޓީމުތަށް މިހާރުވެސް ދަނީ އަތޮޅު ތެރޭގައި ހަރަކާތް ތެރިވަމުން, ކެންޕެއިންނަށް ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ އެކި އެކި ދާއިރާތަކުގެ ބޭފުޅުންނާއި ބައްދަލު ކުރައްވަމުން" ހަލީލް ވިދާޅުވިއެވެ.
ހަލީލް ވިދާޅުވީ ޕީޕީއެމް އިން ކުރަނީ ހަމައެކަނި ކެންޕެއިން އެކަނި ނޫން ކަމަށާއި ސަރުކާރުން ރާއްޖޭގެ އެކި ރައްރަށުގައި ފަށާފައިވާ ޕްރޮޖެކްތަށް އަވަހަށް ނިންމުމަށް ޕީޕީއެމް އިން ބާރުވެސް އަޅަމުންދާ ކަމަށެވެ.
ވެރިކަން ކުރާ ޕީޕީއެމް އިން އިތިހާބަށް ތައްޔާރުވަމުންދާއިރު އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ކަނޑައަޅަން އަލުން މަޝްވަރާތައް ފަށަން އެމްޑީޕީ އިން ވިސްނަމުންދާކަން ވަނީ ހާމަކޮށްފައެވެ. ނަމަވެސް މަޝްވަރާތައް އަލުން ފަށާނެ ދުވަހެއް އަދި ހާމަނުކުރެއެވެ.
އިދިކޮޅު ފަރާތްތަކުން ރިޔާސީ ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް ކުރިން ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެމަޝްވަރާތަކަށް އެމްޑީޕީ އިން ހުށަހެޅީ ރައީސް ނަޝީދަށް ކުރިމަތިލެވޭނަމަ ރަނިންމޭޓަކަށް ގާސިމް ހަމަޖައްސަންށެވެ.
ޕީޕީއެމްގެ މެނިފެސްޓޯ ތައްޔާރު ކުރާނީ ރައްޔިތުން - އަދުރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ