ކުޑަކުދިންގެ ހިޔާއަށް އެހީ ހޯދުމަށް ކަމަށް ބުނެ ބަޔަކު އޮޅުވާލައިގެން ފައިސާ ހޯދަނީ

ކުޑަކުދިންގެ ހިޔާއަށް އެހީ ހޯދުމަށް ކަމަށް ބުނެ، ބަޔަކު އޮޅުވާލައިގެން އާންމުންނަށް ގުޅަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑާ މިނިސްޓްރީން ބުނީ، އެ މިނިސްޓްރީން ނުވަތަ އެ މިނިސްޓްރީގެ މަރުކަޒުތައް ކަމުގައިވާ ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތީގެ ފަރާތުން އެހީ ހޯދުމުގެ އެއްވެސް ހަރަކާތެއް ފޯނު މެދުވެރިކޮށް ނުވަތަ މުއާސަލާތީ އެއްވެސް ވަސީލަތެއް މެދުވެރިކޮށް ކުރިއަށް ނުގެންދާނެއެވެ.
އެފަދަ ކަންކަމަށް ސަމާލުވުމަށާއި، ފޯނު ކޯލާއި އެސްއެމްއެސް އާއި އީއެއިލް، އަދި އެނޫން ވެސް މުއާސަލާތީ ވަސީލަތެއް މެދުވެރިކޮށް އެފަދަ ހަރަކާތެއް އެއްވެސް ފަރާތަކުން މިނިސްޓްރީގެ ނަމުގައި ހިންގާ ކަމުގެ މައުލޫމާތު ލިބިފައިވާނަމަ އެ މައުލޫމާތު ފުލުހުންނާ ހިއްސާކުުމަށް ޖެންޑާ މިނިސްޓްރީން ވަނީ އެދިފައެވެ.
އޮޅުވާލައިގެން ރީލޯޑް އަދި ރާސްޓަސް ކުރާ މައްސަލަ ވަނީ އިތުރުވެފައެވެ. އެގޮތުން ޕްރޮމޯޝަން އަދި އަގުހުރި އިނާމުތަކެއް ލިބިގެންދާނެ ކަމަށް ބުނެ އޮޅުވާލައިގެން ބޮޑެތި އަދަދުތަކުން ދަނީ ފައިސާ ހޯދަމުންނެވެ. އޭގެ އިތުރުން ބޭންކުން ކަމަށް ބުނެ ކޭޝްކާޑުގެ މައުލޫމާތު، އޮޅުވާލައިގެން ބަޔަކު ދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ