ފާސްޓް ފުޑް ޕްރޮމޯޝަން 2018 ފަށައިފި

ކޮންމެ އަހަރަކު ވެސް އަގުހުރި ބޮޑެތި އިނާމްތަކާ އެކު ހިތަދޫ ފާސްޓް ފުޑް ރެެސްޓޯރަންޓް ކުރިއަށް ގެންދާ މި އަހަރުގެ "އީ-ހަބް އެނެއްކާ ޕްރޮމޯޝަން" ބުދަ ދުވަހު އެވެ.
މި ފަހަރުގެ ޕްރޮމޯޝަން ކުރިއަށް ގެންދަނީ މި މަހުގެ 25 އިން ފެށިގެން އަންނަ އޮގަސްޓް މަހުގެ ނިޔަލަށެވެ. ގަދަ ތިން ނަސީބުވެރިންނަށް ހުށަހަޅާފައިވާ އިނާމްތަކަށް ބަލާ އިރު އެއް ވަނަ އަށް ހުށަހަޅާފައި ވަނީ ދެ މީހަކަށް ދުބާއީ ދެކޮޅު ޓިކެޓެވެ. އަދި ޓްރެވެލް އިންޝޫރަންސްގެ ގޮތުގައި އެއް ވަނަ ހޮވޭ ފަރާތަކަށް ސޮލެރެލް އިން ވަނީ 750،000ރ. ގެ އިންޝޫރަންސް ހުށަހަޅައިފަ އެވެ.
ދެވަނަ ނަސީބުވެރިއަކަށް އީ-ހަބުން އެސް 9 އެއް ހުށަހަޅާފައިވާ އިރު، ތިން ވަނަ ސިލްވަ ރޯޒް އިން ވަނީ 15،000ރ. ގެ އަގުހުރި ބަދިގެ ސާމާނު ހުށަހަޅައިފި އެވެ.
ގަދަ ތިން ނަސީބުވެރިންގެ އިތުރުން، އިތުރު ފަރާތްތަކަށް ވެސް އިނާމް ލިބޭނެ އެވެ. އެގޮތުން ހަތަރު ވަނަ އަށް ފާހާނާ ސެޓެއް، ފަސް ވަނަ އަށް ވަން ބްރޭންޑްގެ ފެން އަދި ހަ ވަނަ އަށް ވަނީ 2000ރ. ގިފްޓް ހެމްޕާ ހުށަހަޅައިފަ އެވެ.
ފާސްޓް ފުޑުން ބުނީ އެތަނުން ކުރާ ކޮންމެ ވިޔަފާރިއަށް ކޫޕަން ދޫކުރާނެ ކަމަށެވެ. އަދި ކޫޕަން އެޅުމަށް ތިން ފޮށި ބަހައްޓާފައިވެ އެވެ. އެއީ ފާސްޓް ފުޑާއި ބުލްބުލް ފިހާރަ އާއި ސަރުސަނަ 3 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ