މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި

މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް އ.ތޮޅާއި ލ.އަތޮޅުގެ ސަރަހައްދަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރ (މެޓް) އިން ވައިޓް އެލާޓް ނެރެފިއެވެ.
މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް އ.އަތޮޅާއި ލ.އަތޮޅުގެ ސަރަޙައްދުތަކަށް ނެރެފައިވާ ވައިޓް އެލާޓްގެ މުއްދަތަކީ މިރޭ 23:45 އިން ފަތިހު 05:45 އަށެވެ.
ވައިޓް އެލާޓް ނެރެފައިވާ ހިސާބުތަކަށް ގުރުރުމާއެކު ބޯކޮށް ވާރޭވެހި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަ ވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރ އިން ވަނީ ލަފާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ