ކޮމަންވެލްތު ގޭމްސްއަކީ ހުނަރުވެރި ޒުވާނުންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ފުރުސަތުތަކެއް ލިބޭ މުބާރާތެއް ކަމަށާއި، މި ފުރުސަތުތައް ދިވެހި ޒުވާނުންނަށް ނަގާލީ ރައީސް ޔާމީންގެ ހުދުމުޚުތާރު ވެރިކަން ދެމެހެއްޓުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓްގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްއާ ގުޅިގެން ޝާހިދު އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި ޒުވާނުންނަށް ކޮމަންވެލްތު ގޭމްސްގެ މަގު ފަހިވާނެ" ކަމަށެވެ. ރާއްޖެއިން ކޮމަންވެލްތުން ވަކިވާން ރައީސް އަބްދުﷲ ޔާމީން ނިންމެވުމާ ގުޅިގެން ކޮމަންވެލްތު ގޭމްސްގައި ރާއްޖެއަށް ބައިވެރިއެއް ނުވެވެއެވެ.
ކޮމަންވެލްތުން ކުރިން ވަނީ ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދީފައެވެ. އަދި ކޮމަންވެލްތު ގޭމްސްއަކީ ރާއްޖެއަށް ބައިނަލްއަޤްވާމީ ކުޅިވަރުތަކުގައި ގިނަ ކާމިޔާބީތަކެއް ލިބިފައިވާ ޕްލެޓްފޯމެކެވެ. މީގެ އިތުރުން ކޮމަންވެލްތަކީ ރާއްޖެއަށް ތައުލީމީ ގިނަ ފުރުސަތުތަކެއް ފަހިކޮށްދެމުން އައި ޖަމާޢަތެކެވެ.
ރާއްޖެ ކޮމަންވެލްތުން ވަކިވާން ރައީސް ޔާމީން ނިންމެވީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށް އެޖަމާޢަތުން ގޮވާލުމާގުޅިގެންނެވެ.
މިއަހަރުގެ ކޮމަންވެލްތު ގޭމްސް މި އެޕްރީލް 4 އިން 15 އަށް ކުރިއަށްދާއިރު، އަންނަ ހަފްތާގައި ކޮމަންވެލްތުގެ ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ލަންޑަނުގައި ކުރިއަށްދާނެއެވެ.
ޒުވާނުންނަށް އޮތް ފުރުސަތު ނަގާލީ ޔާމީންގެ ހުދުމުޚުތާރުކަން ދެމެހެއްޓުމަށް: އަބްދުﷲ ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ