ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ނިރުބަރުވެރިކަމުގެ (ޓެރަރިޒމްގެ) ޢަމަލެއް ކުރަން އުޅުމުގެ ދައުވާގެ އަޑު އެހުމެއް މިއަދު ހަވީރު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފިއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ނިރުބަރުވެރިކަމުގެ ޢަމަލެއް ކުރަން އުޅުމުގެ ދައުވާގެ ދެވަނަ އަޑު އެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ މިއަދު ހަވީރު 03:00 އަށެވެ.
މައުމޫނުގެ މައްޗަށް ކޮށްފައިވާ ނިރުބަވެރިކަމުގެ ދައުވާގެ އަޑުއެހުން ތާވަލުކޮށްފައިވާއިރު، ހަމަ އެ ގަޑީގައި އެމަނިކުފާނާއި އުއްތަމަ ފަނޑިޔާރާއި، ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ އަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ އަޑު އެހުމެއްވެސް ތާވަލުކުރިއެވެ. ނަމަވެސް ޢަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ އަޑު އެހުން މިހާރު ވަނީ ކެންސަލް ކޮށްފައެވެ.
މައުމޫންގެ މައްޗަށް ދައުލަތުން ކުރާ ނިރުބަރުވެރިކަމުގެ ޢަމަލެއް ކުރަން އުޅުމުގެ ދައުވާގެ އަޑުއެހުމެއް އެންމެ ފަހުން ތާވަލު ކޮށްފައިވަނީ މި މަހުގެ 3 ވަނަ ދުވަހުގެ ހެނދުނު 11:00 އަށެވެ. ނަމަވެސް އެ ދުވަހުގެ އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ. މި މައްސަލައިގައި ބާއްވާފައިވާ ހަމައެކަނި އަޑުއެހުން ބާއްވާފައިވަނީ 2018 އެޕްރީލް 29 ވީ އާދީއްތަ ދުވަހުއެވެ. އެ ދުވަހު ބޭއްވި ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައި މައުމޫނުގެ މައްޗަށް ނިރުބަވެރިކަމުގެ ދައުވާ އިއްވާފައިވާއިރު، މައުމޫން ވިދާޅުވީ މައްސަލައާއިގެން ކުރިއަށް ދާނެ ބޭނުންފުޅުވެލައްވަނީ ޤާނޫނީ ވަކީލަކާ އެކު ކަމަށެވެ. އެދުވަހުގެ ޝަރީއަތް ގާޒީ ހައިލަމް ނިންމަވާލެއްވީ ވަކީލަކު އައްޔަން ކުރަން 2 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.
މައުމޫނުގެ މައްޗަށް ކުރާ އެއްވެސް ދައުވާއެއްގެ އަޑު އެހުމެއް ކުރިއަށް ނުގޮސް މަޑުޖެހިފައިވާއިރު، އެމަނިކުފާނުގެ ޞިއްޙީ ހާލުކޮޅު ރަނގަޅު ނޫންކަމުގެ އަޑުތައް ވަނީ ފެތުރުފައެވެ. އެކަމުގެ ސަބަބުން އެހީތެރިވުމަށް އަނބިކަނބަލުން ޖަލަށް ވަޑައިގަންނަވަން ފައްޓަވާފައިވާކަން ފާހަގަކޮށްލެވެއެވެ.
2018 ފެބުރުވަރީ 1 ވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން މައުމޫން އަބްދުލް ޤައްޔޫމްގެ އިތުރުން އެމަނިކުފާނުގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫނާއި، ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އަދި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަޙްމަދުގެ އިތުރުން ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު އަރީފު އަދި އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުއާއި، ސޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދާއި، މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްއާއި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޙްލޫފްގެ މައްޗަށްވެސް ނިރުބަވެރިކަމުގެ އަމަލެއް ހިންގުމުގެ ދައުވާ ކޮށްފައިވާއިރު، މި ކުށް ސާބިތު ވެއްޖެނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މީގެ އިތުރުން މައުމޫންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ހެކިތަކެއް ހުރި ކަމަށް ބެލެވޭތީ އެމަނިކުފާނުގެ ފޯނު ދޭން އެންގުމުން ފޯނު ދީފައި ނުވާތީ، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ ޝަރީއަތްވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް ދާކަން ފާހަގަކޮށްލެވެއެވެ.
މައުމޫނުގެ މައްޗަށް ކުރާ ނިރުބަވެރިކަމުގެ ދައުވާގެ އަޑު އެހުމެއް މިއަދު ހަވީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ