އަލިފާނުގެ ސަބަބުން ކަރަންޓް ކެނޑުނު ސަރަހައްދަށް ކަރަންޓް ދީފި

މާލޭގައި މިރޭ ޑިސްޓްރިބިއުޝަން ފޮއްޓެއްގައި އަލިފާން ރޯވެ ކަރަންޓް ކެނޑުނު ނަމަވެސް އެމައްސަލަ ހައްލުކޮށް އަލުން ކަރަންޓް ދީފިއެވެ.އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ  ކާސިންޖީ މަގުގައި ހުންނަ، މާޑް ގަރާޖް ކައިރީހުރި ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮއްޓެއްގައެވެ.އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހ. މާޑު ގަރާޖު ކައިރީ ހުރި ކަރަންޓު ފޮއްޓެއްގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމެއް އެ ސަރަހައްދަށް ދިޔައިރު އަލީފާން ނިވިފައިވާ ކަމަށެވެ. އެހެން ނަމަވެސް ޑިސްޓްރިބިއުޝަން ފޮށީގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު ސާފުވެފައި ނުވާ ކަމަށެވެ.މާޑް ގަރާޖް ކައިރީ ހުރި ކަރަންޓް ފޮއްޓެއްގައި އަލިފާނުގެ ހާދިސާ ހިނގި އިރު އެސަރަހައްދުގައި ތިބި މީހުން ބުނެފައިވަނީ އަލިފާން ރޯވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ފުލުހުންނާއި އެމްއެންޑީއެފްގެ ޓީމަކާއި ސެޓެލްކޯގެ ޓީމެއް އެސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.ސްޓްލެކޯ އިން ބުނީ އެކަން ހައްލުކޮށް 23:30 ހާއިރު އެސަރަހައްދަށް ކަރަންޓް ދީފައިވާ ކަމަށެވެ.މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި ސްޓެލްކޯގެ ޓީމާއި ގުޅިގެން މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ