އަލީ ވަހީދާއި އިލްހާމާއި މަހުލޫފް އަދި އުމަރު ނަސީރު ދޫނިދޫ އަށް ގެންދިއުމަށް ފަހު ދޫކޮށްލައިފި

އާޓިފިޝަލް ބީޗު ސަރަހައްދުގައި ރޭ އެމްޑީޕީއާ ޑީއާރުޕީން ބޭއްވި ދެ ޖަލްސާއެއްގެ ތެރޭގައި ދެ ޕާޓީގެ ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން، ހައްޔަރުކޮށްގެން ދޫނިދޫ އަށް ގެންދިއަ، ރައްޔިތުންގެ މަޖިލީހުގައި ހިމެހިވަޑައިގެންނަވާ ޑީއާރުޕީގެ ތިން މެންބަރުންނާއި އެޕާޓީގެ ނައިބު ލީޑަރެއް ދޫކޮށްލައިފި އެވެ.ރޭ އާޓިފިޝަލް ބީޗުގެ ސަރަހައްދުގައި އެމްޑީޕީގެ ދީނީ މަޝްވަރާ މަޖިލިހާއި ޖަމިއްޔަތުލްޚައިރު ގުޅިގެން ބޭއްވި ދަރުސާއި، ކައިރީގައި ހުރި ޑީއާރުޕީގެ ޖަގަހައިގައި ބޭއްވި އެ ޕާޓީގެ ޖަލްސާއެއްގެ އަޑުގަދަވެ، ދެ ޕާޓީގެ ސަޕޯޓަރުންގެ ދެމެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ފުލުހުން ހައްޔަރުކުރި ޑީއާރުޕީގެ ނައިބު ލީޑަރުން ކަމަށްވާ އުމަރު ނަސީރާއި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރ އަލީ ވަހީދާއި ގެމަނަފުށީ ދާއިރާގެ މެންބަރ އިލްހާމް އަހުމަދު އަދި ޑީއާރުޕީގެ ޒުވާނުންގެ ގޮފީގެ ރައީސް ގަލޮޅު ދެކުނު ދާއިރާގެ މެންބަރ އަހުމަދު މަހުލޫފް ފުލުހުން ހައްޔަރުކުރުމަށް ފަހު ދޫކޮށްލާފައި ވަނީ ރޭ ވަރަށް ދަންވަރުގެ ވަގުތެއްގަ އެވެ. އަދި އެބޭފުޅުން ދޫކޮށްލުމާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ އެބޭފުޅުންނަށް ބަރުހަބާ ކިއުމަށް ޑީއާރުޕީގެ އޮފީސް ކައިރިއަށް އެއްވެފަ އެވެ. ފުލުހުން އެބޭފުޅުން ރޭ ހައްޔަރުކޮށްގެން ގެންގޮސްފައި ތިބީ ދޫނިދޫގަ އެވެ.ޑީއާރުޕީގެ ޒުވާނުންގެ ގޮފީގެ ރައީސާއި އެޕާޓީގެ ތިން ނައިބް ލީޑަރުން ފުލުހުން ދޫކޮށްލާފައި މިވަނީ ރޭ އެހަމަނުޖެހުން ހިނގުމާއެކު އެބޭފުޅުން ވަގުތުން ދޫކޮށްލުމަށް ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީނު އަލީ ގޮވާލައްވާފައި ވަނިކޮށެވެ.ޑީއާރުޕީއާ އެމްޑީޕީގެ ސަޕޯޓަރުންގެ ދެމެދުގައި ރޭ އެ ހަމަނުޖެހުން ހިނގަން މެދުވެރިވީ ދެ ޕާޓީން ބޭއްވި ޖަލްސާގައި އެއްވެސް ބަޔަކު ކިޔާ އެއްޗެއް ސާފުނުވާން ހިސާބަށް ދިއުމުން، ސަޕޯޓަރުން ރުޅިގަދަވެގެންނެވެ. އަދި އެވަގުތު އެއް ބައެއް އަނެއް ބަޔަކާ ދިމާލަށް ގޮނޑި އާއި ގަލާއި ވެއްޔާއި އަދި ފުޅި ފަދަ ތަކެތި އުކާފައިވެ އެވެ. އެ ހަމަނުޖެހުމުގައި ދެ ޕާޓީއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބަޔަކު ވަނީ ޒަޚަމްވެފަ އެވެ. ނަމަވެސް އެސަރަހައްދުގައި އެވަގުތު ތިބި މީހުންގެ ގިނަ ކަމުން ޒަޙަމްވި މީހުންގެ އަދަދު ވަނީ އެނގޭ ގޮތް ނުވެފަ އެވެ. ރޭގެ އެހަމަނުޖެހުން ފުލުހުން ކޮންޓްރޯލް ކޮށްފައި ވަނީ ދެ ފަހަރެއްގެ މަތިން ކަރުނަ ގޭސް ބޭނުންކޮށްގެންނެވެ.ރޭގެ އެ ހަމަނުޖެހުމާ ގުޅިގެން ފުލުހުން އަދި ވަކި އެއްޗެކާ ބުނެފައެއްނުވެ އެވެ.މީގެއިތުރުން ރައްޔިތުން މަޖިލީސް ކުރާ ގޭ ދޮށަށާއި ހޯމް މިނިސްޓަރ މުހައްމަދު ޝިހާބް ދިރިއުޅުއްވާ ގޭ ދޮށަށް ވެސް ޑީއާރުޕީއަށް ސަޕޯޓްކުރާ ބަޔަކު ވަނީ ރޭ ވަނީ އެއްވެ، ހަމަނުޖެހުން ހިންގާފަ އެވެ. ނަމަވެސް ފުލުހުން ވަނީ އެމީހުން އެސަރަހައްދުތަކުން ދުރަށްލާފަ އެވެ.ރޭގެ އެހަމަނުޖެހުމާ ގުޅިގެން ސަރުކާރުގެ މުހިންމު އިމާރާތްތަކެއް ކައިރީގައި ސިފައިން ވަނީ ރައިޓް ގިޔަރާއި ޝީލްޑުއެކު ފޯރިމަރަން ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ