މުންޑޫ އިންޖީނުގެ ފެނަކައާ ހަވާލުކޮށްފި

ލ.މުންޑޫ ރައްޔިތުންގެ އިންޖީނުގެ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި މިއަދު ހަވާލުކޮށްފި އެވެ.
އިންޖީނުގެ ބަދަލުކުރުމުގެ އެއްބަސްވުމުގައި މުންޑޫގެ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ އެރަށު އިންޖީނުގޭގެ ޒިންމާދާރު ވެރިޔާ އަލީ ޝަފީއުއެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނިމާލް ވިދާޅުވީ، މުންޑޫ އިންޖީނުގެ ފެނަކައިގެ ދަށަށް ބަދަލުކުރުމުން އިތުރު މަންފާތަކެއް ލިބިގެންދާނެ ކަމަށާއި އެ ސަރަހައްދުގެ އެހެން ރަށްރަށެކޭ އެއް ގޮތަށް ޓެރިފް ރޭޓުގެ ގޮތުގައި ވެސް ނަގާނީ 2.20ރ. ކަމަށެވެ. އަދި ކުޑަ އާބާދީއެއް އޮތް މުންޑޫގެ އިންޖީނުގެ ފެނަކައިގެ ދަށަށް ބަދަލު ކުރުމުން އެ ރަށުގައި ފެނަކައިގެ އޮފީހެއް ހުޅުވާނެކަމަށް ވެސް ނިމާލް ވިދާޅުވިއެވެ.
ޝަފީއު ވިދާޅުވީ އިންޖީނުގެ ރަނގަޅު ފެންވަރަކަށް ހިންގުމަކީ އެރަށު ރައްޔިތުން ވަރަށް ކުރިއްސުރެ ދެކެމުން އައި ހުވަފެނެއް ކަމަށާއި، މިއަދު މިކަން މިވަނީ ހަގީގަތަކަށް ވެފައިކަމަށެވެ.
މުންޑޫގައި މަހެއްގެ މައްޗަށް 11012.68 ކިލޯ ވޮޓުގެ ކަރަންޓް ބޭނުންކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ