ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވައިފިއެވެ.
މިއަދު ކުނޫޒުގައި އޮތް ރަސްމިއްޔާތެއްގައި ޝަހުދީ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވާފައިވާއިރު، ޝަހުދީ ސޮއިކުރެއްވި ފޯމާއި ހަވާލުވެވަޑައިގެންނެވީ އެ ޕާޓީގެ ރައީސް އަލީ ވަހީދެވެ.
ޝަހުދީ ރައްޔިތުންގެ މަޖިލީހަށް ހޮވި ވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައެވެ. ނަމަވެސް ފަހުން އޭނާ ވަނީ ސަރުކާރު ހިންގާ ޕާޓީ ކަމަށްވާ ޕީޕީއެމް އާއި ގުޅިވަޑައިގެންފައެވެ. ޝަހުދީ ޕީޕީއެމް އިން ވަކިވެ ވަޑައިގެންނެވީ މިދިޔަ އަހަރުއެވެ.
މެމްބަރު ޝަހުދީ ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންނެވިއިރު އެ ޕާޓީ އަށް ގިނަ އަދަދެއްގެ އާއްމު މެމްބަރުން ވެސް އަންނަނީ ގުޅެމުންނެވެ. އެގޮތުން ދާދިފަހުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާއި ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވެސް ވަނީ ޖޭޕީ އާއި ގުޅިވަޑައިގެންފައެވެ.
މީގެއިތުރުން އިސްދޫ ދާއިރާގެ މެމްބަރު ގާރީ އަހުމަދު ރަޝީދު ވެސް ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.
މެމްބަރު ޝަހުދީ ޖޭޕީ އަށް ސޮއިކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ