ގޮނޑި ގެއްލުވާލި މައްސަލާގައި މަސީހު އާ ދެކޮޅަށް 12 މެމްބަރު ފުލުހަށް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހާއި ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ގޮޑި ގެއްލުނުކަމަށް ކުރިން ކަނޑައެޅި 12 މެމްބަރުން ޖިނާއީ މައްސަލަ ތަކެއް ފުލުހަށް ހުށަހަޅައިފިއެވެ.
ފުލުހަށް މައްސަލަ ހުށަހެޅުމަށް ފަހު، ނޫސްވެރިންނާއި ބައްދަލު ކުރައްވައި މެމްބަރުން ވިދާޅުވީ މަސީހު ހިންގާފައިވާ ކަންކަމާއި ތުހުމަތު ކުރެވޭ ޖިނާއީ މައްސަލަތައް ބަލައި ތަހުގީގް ކުރުމަށް ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
މަޖްލިސްގެ ރައީސްގެ ހައިސިއްޔަތުން މަސީހު ހިންގަވާފައިވާ އަމަލުތަކަކީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި މިހާތަނަށް ހިންގާފައި ނުވާ ވަރުގެ ބޮޑެތި ޖަރީމާތަކެއް ކަމަށް ވިދާޅުވެ އެމެމްބަރުންނާއި ދެކޮޅަށް ނުހައްގު އަދަބު ދީ އެތައް ގެއްލުންތަކެއް ދީފައިވާ ކަމަށް މެމްބަރުން ވިދާޅުވިއެވެ.
12 މެމްބަރުން ގޮޑި ގެއްލުނުކަމަށް އިލެކްޝަން ކަމިޝަނުން ކަނޑައަޅާފައިވަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމާގުޅިގެންނެވެ.
އިލެކްޝަންްސް ކޮމިޝަން ގޮނޑި ގެއްލިފައިވާކަމަށް ކަނޑައެޅުމާއެކު 12 މެމްބަރުން ކުރި ބުރަ މަސައްކަތުން އެންމެ ފަހުން ކާމިޔާބު ވެފައިވަނީ އެމައްސަލައަށް ހައްލެއް ނުލިބި އަހަރަކާއި ހަތަރު މަހެއް ހާ ދުވަސް ފަހުންނެވެ.
ބާރަ މެމްބަރުންގެ ގެއްލުނު ގޮނޑި ފެނިފައިވަނީ ދާދިފަހުން ސުޕްރީމް ކޯޓުން 12 މެންބަރުންގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ވ ކަނޑައެޅުމުންނެވެ.
ސުޕްރީމް ކޯޓުން 12 މެމްބަރުންގެ ގޮޑި ނުގެއްލޭކަމަށް ނިންމުމާއި އެކު މެމްބަރުން ވަނީ އިތުރު ސޮޔާއި އެކު މަސީހުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައެވެ. އެއާއި އެކު މަޖުބޫތީ ހާލަތާއެކު މަސީހު ވަނީ ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހު އިސްތިއުފާ ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ