ކޮންވެންޝަން ސެންޓަރ އަޅަން އައްޑޫ ރައްޔިތުން އަތުން ނެގި ބިންތަކުގެ ދެވަނަ ޕްލޮޓް މިހަފްތާގައި ދޫކުރަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫ ސިޓީގައި އިމާރާތްކުރި އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު، އީސީސީ އަޅަން އެސަރަޙައްދުން އެމްޑީޕީ ސަރުކާރުން ނެގި ގޯތިތަކުގެ ތެރެއިން ދެވަނަ ޕްލޮޓުގެ ގޯތިތައް މިހަފްތާތެރޭ ދޫކުރާނެކަމަށް ހައިސިން މިނިސްޓްރީން ބުނެފިއެވެ.
ހައުސިން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އަބްދުﷲ ޒިޔާދު މީޑިޔާއަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އެމްޑީޕީ ސަރުކާރުން އައްޑޫ ރައްޔިތުން އަތުން ނެގި ގޯތިތަކުގެ ތެރެއިން ދެވަނަ ޕްލޮޓުގެ ގޯތިތައް މިހަފްތާތެރޭ ދޫކުރާނެ ކަމަށާއި މިހާރު ދަނީ ދެވަނަ ޕްލޮޓްގެ ގޯތިތައް ދޫކުރުމަށް ތައްޔާރީތައް ވަމުންކަމަށެވެ. އެގޮތުން މިހާރު ދަނީ ޑޮކިއުމެންޓުތައް ސައްހަ ތޯ ބަލައި ފާސްކުރުން ކަމަށް ޒިޔާދު ވިދާޅުވިއެވެ.
މިދިޔަ މަހު 28 ވަނަ ދުވަހު އެމިނިސްޓްރީން ވަނީ މުޅިއެކު 30 ގެ ދޫކޮށްފައެވެ. އަދި މި މަސް ނިމުމުގެ ކުރިން ހުރިހާ ގޯއްޗެއް ދޫކޮށް ނިމޭނެ ކަމަށް ޒިޔާދު ވަނީ ވިދާޅުވެފައެވެ.
ޒިޔާދު ވިދާޅުވި ގޮތުގައި ގޯތިތައް ދިނުމުގައި އިސްކަންދީފައިވަނީ ގޯތިތަކަށް އިއުލާން ކުރުމާއެކު ފޯމްތައް ހުށަހަޅައި ހުރިހާ މަރުހަލާތަކެއް ފުރިހަމަކޮށްފައިވާ ހުށައަޅާފައިވާ ޑޮކިއުމެންޓުތަކަކީ ސައްހަ ޑޮކިއުމެންޓުތޯބަލައި އެޔަގީންކަން އޮތް ފަރާތްތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ