ގާސިމް އިބްރާހީމަކީ ނަތީޖާ ނެރެދެއްވާފައިވާ ބޭފުޅެއް: މުޣުނީ

ގާސިމް އިބްރާހީމަކީ ދައުލަތުން އެމަނިކުފާނާއި ހަވާލުކުރި ކޮންމެ މަސައްކަތެއް ކުޅަދާނަކަމާއެކު ކުރައްވާ ނަތީޖާ ނެރެދެއްވާފައިވާ ބޭފުޅެއް ކަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.
"ތައްޔާރު" މިނަމުގަ ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ ހަސަން މުޣުނީ ވިދާޅުވީ ޖޭޕީގެ ސަފުތަކުން ފެންނަނީ ގައުމެއް ހިންގުމުގައި ދިމާވެދާނެ ކޮންމެ ބޮޑު ގޮންޖެހުމަކަށް ކުރިމަތިލެވޭވަރުގެ ގާބިލް ބޭފުޅުން ކަމަށާއި މަސައްކަތް ކުރައްވާނީ ޕާޓީގެ ލީޑަރު ބޭނުންފުޅުވާ ގޮތަށް ކަމަށް މުޣުނީ ވިދާޅުވިއެވެ.
ގައުމުގެ އިގްތިސާދު އެންމެ ދަތިވި ދުވަސްވަރު ރާއްޖޭގެ ފިނޭންސް މިނިސްޓަރުކަން ގާސިމް ވަނީ ކުރައްވާފައިކަން ފާހަގަކުރައްވާ މުޣުނީ ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައްވެސް އެންމެ ދަތިވި ދުވަސްވަރު މަޖިލީހުގެ ރައީސްކަންވެސް ގާސިމް ވަނީ ކުރައްވާފައި ކަމަށެވެ.
މުޣުނީ ވިދާޅުވީ ސިއްޚީ ދާއިރާއަށް ގާސިމް ކޮށްދެއްވި ޚިދުމަތްތައް ދައުލަތުން ކުރި ހޭދައާ އެއްފަދަ ކަމަށާއި މިފަދަ ކަންކަމަކީ މުޅި ޖުމްހޫރީ ޕާޓީ އެމަނިކުފާނަށްޓަކައި ފަޚްރުވެރިވާ ކަންކަން ކަމަށެވެ.
ސިޔާސީ ޕާޓީެއްގެ ހައިސިއްޔަތުންނާއި އަދި ސަރުކާރު ހިއްސާވާ ޕާޓީއެއްގެ ހައިސިއްޔަތުން ބަދަލުކުރަންޖެހޭ ސިޔާސަތުތަކުގެ ވާހަކަތައް ދެއްކުމުގެ އެންމެ ކުރީ ސަފުގަ ތިބެން ޖެހޭނީ ޖޭޕީ ކަމަށްވެސް މުޣުނީ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ