މެދުކެނޑުނު ސްޓެލްކޯގެ ހިދުމަތްތައް މާދަމާ އަލުން ދޭން ފަށަނީ

ރެންސަމްވެއާ އެޓޭކަކާ ގުޅިގެން މެދުކެނޑުނު ހިދުމަތްތައް މާދަމާ އަލުން ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ، ރެންސަމްވެއާ އެޓޭކާއި ގުޅިގެން މެދުކެނޑިފައިވާ އެކުންފުނީގެ ހިދުމަތްތައް އަލުން ފެށުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
މިގޮތުން ހިދުމަތްތަކަށް އެދި ފޯމް ހުށަހެޅުމާއި، ބިލް ދެއްކުމުގެ އިންތިޒާމްތައް މިހާރު ހެޑް އޮފީހުން ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
މީގެ އިތުރުން އެކުންފުނީގެ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށް ދެމުންއައި ހިދުމަތްތަކާއި، ރަށްރަށުން ފޯރުކޮށްދެމުން އައި ހިދުމަތްތައް މާދަމާ އަލުން ފެށުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް ނިހާޔަތަށް މާފަށް އެދޭ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ