މާގިނައިރެއް ނުވެ މުޅި މާލެއަށް ކަރަންޓް ލިބޭނެ: ސްޓެލްކޯ
މާލޭގައި ބައެއް މަދު ހިސާބުތަކުގައި ކަރަންޓް ނެތްނަމަވެސް މާނިގައިރެއްނުވެ އެ ހިސާބުތަކަށް ވެސް ކަރަންޓް ލިބޭނެ ކަމަަށް ސްޓެލްކޯ އިން ބުނެފި އެވެ. މުޅި މާލެ އިން މިއަދު ހެނދުނު 8 ޖެހިއިރު ކަރަންޓް ކެނޑުމާ ގުޅިގެން ވަރަށް ގިނަ ބަޔަކަށް ވަނީ ދަތިވެފަ އެވެ. ސްޓެލްކޯގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ ކަރަންޓް ކެނޑުނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. "މީގެ 45 މިނެޓެއްޖާ އިރު ކުރިން ވަރަށް ގިނަ ސަރަހައްދުތަަކަށް ވާނީ ކަރަންޓް ދީފައި. ދެން އަދި ވެސް އެބައުޅޭ ވަރަށް މަދު ހިސާބުތަކެއް ކަރަންޓް ނުލިބޭ. އެ ސަރަހައްދުތަކަށް ވެސް މިދަނީ ކަރަންޓް ފޯރުކޮށްދިނުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުން." ސްޓެލްކޯގެ އޮފިޝަލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ