ފާރިސް މައުމޫން ދޫކޮށްލައިފި
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ދޫކޮށްލައިފިއެވެ. ފާރިސްގެ ގާނޫނީ ވަކީލު ހުސައިން ޝަމީމް ވިދާޅުވީ އޭނާ ދޫކޮށްލީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. މިއަދު ފާރިސް ދޫކޮށްލިނަމަވެސް އަދިވެސް އޭނާ ހައްޔަރުނުކުރާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް ކަމަށް ޝަމީމް ވިދާޅުވިއެވެ. ކޯޓު އަމުރެއްގެ ދަށުން ފާރިސް މައުމޫން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އަދި އެ ދުވަހު ފާރިސް ބަންދުގައި ބެހެއްޓުމަށް ވަނީ 15 ދުވަސް ކޯޓުން ޖަހައިދީފައެވެ. ފާރިސްގެ މައްޗަށް ތުހުމަތު ކުރަނީ މަޖިލިސް މެމްބަރުންނަށ ރިޝްވަތުދީގެން ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތެވެ. ނަމަވެސް ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އަމުރުގައި ސިޔާސީ ބޭފުޅުންތަކަކާ އެކު ފާރިސް ވެސް ދޫކޮށްލުމަށް ވަނީ އަމުރު ނެރެފައެވެ. އޭގެފަހުން ފާރިސް ދޫނުކޮށް ހުރުމަށްފަހު މިއަދު ދޫކޮށްލީ އޭނާގެ ބަންދަށް 15 ދުވަސް އިތުރުކޮށް ނެރުނު އަމުރު ކްރިމިނަލް ކޯޓުން ބާތިލްކޮށްފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ