މެމްބަރު ނަޝީދު އަވަގުރާނަ ގޮވި މައްސަލައިގައި ނަސޭހަތްތެރިއްވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕްގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ބޭއަދަބީ ބަހުން ވާހަކަ ދައްކާފައިވާތީ އެ މެންބަރާމެދު ފިޔަވަޅު އެޅުމަށް ނިންމައިފިއެވެ. މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނޫ އޭނާއަށް ނަސޭހަތްދީ، ކޮމިޓީގެ ނިންމުމާ އެގޮތަށް މޮސްޓާއަށް ލިޔުމުން އޭނާއަށް ނަސޭހަތް ދޭނެ ކަމަށެވެ."މަޖިލީގުގެ ގަދަރާއި ޝަރަފާއި ކަރާމާތާއި އަބުރު ދެމެހެއްޓޭނެހެން މެމްބަރުންގެ އަމަލުތައް ބެހެއްޓުމަށްޓަކައި މިފަދަ ކަމެއް ތަކުރާރު ނުކުރުމަށް ނޮޅިވަރަމް ދާްއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ނަޝީދަށް ނަސޭހަތްތެރިވަން. އަދި އެ ލިޔުން އަޅުގަނޑު މެމްބަރަށް ފޮނުވާނަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައި ބުނެފައިވަނީ، މަޖިލީހުގެ މެންބަރުންގެ ޢަމަލުތައް އަބަދުވެސްް ބަހައްޓަންވާނީ މަޖިލީހުގެ ޤަދަރާއި ޝަރަފާއި ކަރާމާތާއި އަބުރު ދެމެހެއްޓޭނެ ގޮތެއްގެ މަތިންކަމަށެވެ. އަދި ގަވާއިދުގެ ރޫޙަށް މަޖިލީހުގެ މެންބަރުންް އަބަދުވެސް އިޙްތިރާމުކުރަންވާނެކަމަށްވެސް މަޖިލީހުގެ ޤަވާއިދުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ