ހުޅުމާލެ ދެވަނަ ފިޔަވަހި: ފުރަތަމަ ސްކޫލް އަޅަން ބަޔަކާއި ހަވާލުކޮށްފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ފުރަތަމަ ސްކޫލް "ޞަލާހުއްދީން ސްކޫލް" އިމާރާތް ކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.އެ ސްކޫލް އިމާރާތް ކުރުމަށް ހަވާލުކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މިއަދު އެ ކުންފުންޏާއި އެޑިއުކޭޝަންމ މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.އެ މިނިސްޓްރީން ވިދާޅުވީ، އަމީން ކޮންސްޓްރަކްޝަނުން މި މަސައްކަތަށް ހުށަހަޅާފައި ވަނީ 118,336,879.62( ސަތޭކަ އަށާރަ މިލިއަން ތިންލައްކަ ތިރީސް ހަ ހާސް އަށްސަތޭކަ ހަތްދިހަ ނުވަ ރުފިޔާ ފަސްދޮޅަސް ދެ ލާރި) އަށް ކަމަށެވެ.އަދި އެ ކުންފުނިން މި އިމާރާތުގެ މަސައްކަތް 390 ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.އެޑިއުކޭޝަން މިނިސްޓްރީން ބުނީ އުންމީދަކީ 2022 ވަނަ އަހަރު މާރިޗް މަހުގެ ފަހުކޮޅުގައި މަސައްކަތް މުޅިން ނިންމާލެމުން ކަމަށެވެ.މިއީ 2019 ވަނަ އަހަރުގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.ހުޅުމާލޭގައި މިހާރު ތިން ސްކޫލު ހުރެއެވެ. އެެއީ ޣާޒީ ސްކޫލް ރެހެންދި ސްކޫލް އަދި ހުރަވީ ސްކޫލް އެވެ. އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބުނީ މާލޭ ސަރަހައްދުތަކުގެ ސްކޫލުތައް އެއް ދަންފަޅިއަށް ބަދަލުކުރުމަށް އާ 10 ސްކޫލު ބޭނުންވާ ކަމަށެވެ.އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަދުވެގެން ތިން ސްކޫލު އަޅާނެކަމަށް މީގެކުރިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ބުނެފަ އެވެ.ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސުކޫލެއް އަޅާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފައިވާއިރު ދެވަނަ ފޭސްގައި މީހުން ދިރިއުޅެން ވަނީ ފަށާފައެވެ. އަދި ކުރީ ސަރުކާރުން އިމާރާތްކުރި 7،000 ފްލެޓަށް މި އަހަރު މީހުން ވަންނާނެ އެވެ. އޭރުން ދެވަނަަ ފޭސްގައި ބޮޑު އާބާދީއެއް ދިރިއުޅޭނެ އެވެ. އޭގެ ކުރިން ދެވަނަ ފޭސްގައި އެކި ހިދުމަތް ދޭނެ ތަންތަން ގާއިމު ކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ