އަންނަ މަހުގެ29 ވަނަ ދުވަހުގެ ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ ޤައުމީ މަޖިލީހުގެ މާލެ ސިޓީގެ ދާއިރާގެ ރައީސްކަމަށް މިހާރުގެ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުޙައްމަދު ކުރިމަތި ލެއްވުމަށް ނިންމަވައިފިއެވެ.
މާލެ ދާއިރާގެ އެމްޑީޕީގެ ރައީސްކަމަށް ކުރިމަތިލައްވާކަން ހާމަކޮށް ޝިފާ ވަނީ ޓުވިޓާގައި ޕޯސްޓަރެއް ޝެއާރކޮށްފައެވެ.
ޝިފާވަނީ އެމްޑީޕީގެ ކައުންސިލް ޕްރައިމަރީގައި އަނަސް ޢަބްދުއްސައްތާރާއި ވާދަކޮށް ބަލިވެފައެވެ. ކައުންސިލް ޕްރައިމަރީގައި ލިބުނު ނާކާމިޔާބަށްފަހު ޝިފާގެ ސިޔާސީ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް މާލެ ދާއިރާގެ ރައީސްކަމަށް ވާދަކުރުމަށް ވަނީ ނިންމާފައެވެ.
ޝިފާ ވިދާޅުވީ އޭނާއަށް މިކަމުގައި މާލެ ސިޓީ އެމްޑީޕީގެ ހުރިހާ މެންބަރުންގެ ތާއީދާއި ސަޕޯޓް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
މާލެ ދާއިރާގެ އެމްޑީޕީގެ ރައީސްކަމަށް ޝިފާ ކުރިމަތިލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ