ކޮވިޑް19: މިއަދު ރާއްޖެއިން ޕޮޒިޓިވްވީ 136 މީހުން

ކޮވިޑް 19 އަށް މިއަދުވެސް ރާއްޖެއިން 136 މީހުން ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން މީގެ ތެރޭގައި ހިމެނެނީ މާލެ އޭރިއާއިން ޕޮޒިޓިވްވި 124 މީހުންނެވެ.
މިހާރުވެސް ކޮވިޑް19ގެ ހާލަތު ސީރިއަށްވެެގެން 187 މީހަކަށް ހޮސްޕިޓަލް ތަކުގައި ފަރުވާ ދެމުންދާއިރު މިއަދުވެސް ވަނީ 67 އަހަރުގެ މީހަކު މިބަލީގައި ނިޔާވެފައެވެ.
މިއާއެކު ރާއްޖެއިން މިބަލި ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 63 އަކަށް އަރާފައެވެ.
މިހާތަނަށް މުޅި ރާއްޖެއިން 20280 މީހަކަށް މިބަލި ޖެހުނު އިރު މިބަލިން ފަސޭހަވެފައިވަނީ 17595 މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ